ދިވެހިރާއްޖެ
ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑްރައިވަރ - ރ.ފައިނު ޞިއްޙީ މަރުކަޒް
|
އިޢުލާން |
|
|
މަޤާމް |
ޑްރައިވަރ |
|
މަޤާމުގެ ނަންބަރ |
|
|
ބޭނުންވާ ޢަދަދު |
01 |
|
މަޤާމުގެ ގިންތި |
ދާއިމީ |
|
މަޤާމުގެ ރޭންކް |
ޕަބްލިކް ސަރވިސް ރޭންކް 3 – ސްޓެޕް 1 |
|
ވަޒީފާ އަދާކުރަންޖެހޭ ތަން |
ރ.ފައިނު ޞިއްޙީ މަރުކަޒް |
|
މަޤާމުގެ އަސާސީ މުސާރަ |
މަހަކު -/9220 ރުފިޔާ |
|
މަޤާމުގެ އެލަވަންސް |
މަހަކު -/ 2765 ރުފިޔާ |
|
އެހެނިހެން އެލަވަންސް |
- ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން - ޕޭފުރޭމް ވޯރކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ - ޕޭފުރޭމް ވޯރކުގެ މިންގަނޑުގައިވާ ގޮތުގެ މަތިން ހާޒިރުވާ ކޮންމެ ދުވަހަކަށް -/75 ރުފިޔާ |
|
އެމްބިއުލޭންސް ޑްރައިވަރ |
1. އެމްބިއުލޭންސްގައި ކުރާ ދަތުރުތަކުގެ ރެކޯޑްލިޔެ ބެލެހެއްޓުން. 2. އުޅަނދުގެ އަހަރީ ރަޖިސްޓްރޭޝަނާއި ރޯޑް ވާރދިނަސް އާއި އިންޝުއަރެންސް ޤަވާޢިދާ އެއްގޮތަށް އަދާހަމަކޮށް ބެލެހެއްޓުން. 3. ވެހިކަލް ދުއްވުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކުގެ މައްޗަށް ސަމާލުކަންދިނުން (އޭގެތެރޭގައި ވެހިކަލް ދުއްވަން ބޭނުންވާ ތެލާއި ފެންފަދަ ތަކެތި ހަމައަށް ހުރޭތޯ ބެލުން) 4. ޞިއްޙީމަރުކަޒުން ހަވާލުކުރެވޭ ވެހިކަލް ސާފުކޮށް ބެލެހެއްޓުމާއި، ރައްކާތެރިކަމާއެކު ގެންގުޅުން. 5. ދުވަހުގެ މަސައްކަތް ފެށުމުގެ ކުރިން ވެހިކަލްގައި އެއްވެސް ޓެކްނިކަލް މައްސަލައެއް ހުރިތޯ ބަލައި، ހަމަޖެހިފައިވާ އުސޫލުން އެފަދަ މައްސަލަތައް ހައްލުކުރުން. 6. ޞިއްޙީމަރުކަޒުން ހަވާލުކުރަންޖެހޭ ލިޔެކިޔުމާއި ފައިސާ ހަވާލުކުރުމާއި، ފިހާރަތަކުން ގަންނަންޖެހޭ ތަކެތީގެ އަގުބެލުމާއި ތަކެތި ނެގުން. 7. އުޅަނދަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ ލަސްނުކޮށް ޞިއްޙީމަރުކަޒުގައި އެވަގުތަކުހުރި އިސްފަރާތަކަށް އެއްގުމާއި އެފަރާތުން އަންގަވާ ގޮތަށް ޢަމަލުކުރުން. 8. ޞިއްޙީ އެމަރޖެންސީތަކާއި ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން. 9. މީގެއިތުރުންވެސް ޞިއްހީމަރުކަޒުން އަންގަވާ މަސައްކަތް ކުރުމާއި އެހެނިހެން މުއައްޒަފުންގެ މަސައްކަތުގައި އެހީތެރިވުން. |
|
މަޤާމުގެ ޝަރުތުތައް |
1. އެއްގަމުގެ އުޅަނދު ދުއްވުމުގެ B0 / B2 / B1 ކެޓަގަރީގެ ލައިސަންސް މަގާމުގެ ތައުލީމީ ރޮނގުތައް: - މަގާމާގުޅޭ ވަޒީފާގެ ދާއިރާތައް: އެއްގަމު އުޅަނދު ދުއްވުމުގެ މަސައްކަތް
|
|
ހުށައަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
|
ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 ގެ 12ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 އޭޕްރީލް 2026 ވާ ދުވަހުގެ 12:00 ގެ ކުރިން، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި މިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|
ޝޯޓް ލިސްޓް ކުރުން: |
މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
އިންޓަރވިއުއާއި ޕުރެޒެންޓޭޝަން އަދި އިމްތިހާން އޮންނާނެ ތަނާއި މުއްދަތު |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އޮންނާނީ، 24 އޭޕްރީލް 2026 އާއި 7 މެއި 2026 އާއި ދެމެދު ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޮފީހުގައެވެ. |
|
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (2A ފޯމް)" އާންމުކުރުން: |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހިސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6583706) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ |
|
|
|
|