ދިވެހިރާއްޖެ
އިޢުލާން
މި އިދާރާއިން 4 އޭސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި ނަންބަރު: 365-ESD/365/2026/18((IUL
(26 މާރިޗު 2026) އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ބީލަން ހުށަހަޅަން ދެވިފައިވާ މުއްދަތުގައި، ލޯކަލްކައުންސިލް އިންތިހާބާ ގުޅިގެން ސަރުކާރު ބަންދު 2 ދުވަސް އެ މުއްދަތުގައި އައުމާގުޅިގެން އެ އިޢުލާން ބާތިލްކޮށް، މި ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިތަކެތި ފޯރުކޮށްދެވޭނެ ފަރާތެއް ހުރިނަމަ ބިޑް ރަޖިސްޓްރީ ކުރަށްވާ ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލަށްވާ ފަރާތްތަކުން މަޢުލޫމާތު ކަރުދާހުގައި ދެއްނެވިފައިވާ މަޢުލޫމާތާ އެއްގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުކުރުމަށް ބޭނުންވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
ވީމާ މިކަން އާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.