ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ: 331/331/2026/21(IUL)
އިޢުލާން
އަޟްޙާ ޢީދު ހަރަކާތްތަކުގެ ސްޓީރިންގ ކޮމެޓީގައި ބައިވެރިވުމުގެ ފުރުޞަޠު ހުޅުވާލުން
މިއަހަރުގެ އަޟްޙާޢީދު ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ގިނަހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް މިދަނީ ރާވަމުންނެވެ. އަޟްޙާޢީދުގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޢާއްމު ރައްޔިތުންގެ ފަރާތުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 2 ފަރާތް ހިމެނޭގޮތަށް އެކުލަވާލެވޭ ސްޓީރިންގ ކޮމެޓީއެއްގެ ބެއްލެވުމުގެ ދަށުންނެވެ.
ވީމާ، މިކޮމިޓީގައި ބައިވެރިވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2026 އެޕްރީލް 21 ވަނަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާގެ ވައިބަރ ނަންބަރު 7498930 އަށް، އެފަރާތެއްގެ ނަމާއި ގުޅޭނެ ފޯނު ނަންބަރު ފޮނުވައިދެއްވުން އެދެމެވެ.