ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ތިރީގައިމިވާ މަޤާމުގައި މަސައްކަތްކުރާނެ މީހަކު މި އިދާރާއަށް ބޭނުންވެއްޖެއެވެ.
| ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ | މަޤާމް: | 
| އެމް. އެސް. 2 | މަޤާމުގެ ރޭންކް: | 
| ސީނިއަރ އޮފިސަރ ގްރޭޑް 2 | މަޤާމުގެ ކްލެސިފިކޭޝަން: | 
| މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ | އޮފީސް / އިދާރާ: | 
| ކޯޕަރޭޓިވް އެފެއާޒް | ސެކްޝަން: | 
| މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ | ވަޒީފާ އަދާކުރަންޖެހޭ ތަން: | 
| 6,295.00 ރުފިޔާ | މުސާރަ: | 
| 2,000.00 ރުފިޔާ | ސަރވިސް އެލެވަންސް: | 
| 1 (އެކެއް) | ބޭނުންވާ އަދަދު: | 
| 1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 4. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. | މަޤާމުގެ ޝަރުޠުތައް: 
 | 
| 1. މުވައްޒަފުން ރަސްމީ ބޭނުމުގައި ރަށުންބޭރަށް ކުރާ ދަތުރުތަކުގެ ރެކޯޑް ބެލެހެއްޓުން. 2. މުވައްޒަފުންގެ މުސާރައާއި، އެހެނިހެން ފައިސާ ހަވާލުކުރާ ފައިސާގެ ހިސާބުތައް ޤަވާއިދުން ބަލަހައްޓައި، ރިޕޯޓް ތައްޔާރުކުރުން. 3. އޮފީހަށް އެކިގޮތްގޮތުން ލިބޭ ފައިސާއާއި އެކިފަރާތްތަކުން ދައްކާ ފައިސާ ބަލައިގަނެ، ޤަވާއިދުން ހިސާބު ބެލެހެއްޓުން. 4. އެކިފަރާތްތަކާ ހަވާލުކުރަންޖެހޭ ފައިސާ ޤަވާއިދުން އެފަރާތްތަކާ ހަވާލުކުރުމުގެ އެންމެހައި ކަންކަން ބެލެހެއްޓުން. 5. ޖަމާކުރުމަށްޓަކައި ބޭންކަށާއި، އަތޮލު އޮފީހަށް ފޮނުވަންޖެހޭ ފައިސާ ފޮނުވުމާއި، ޖަމާކުރެވޭ ފައިސާގެ ހިސާބު ބެލެހެއްޓުން. 6. ޒަކާތް ބަލައިގަތުމާއި، ޒަކާތުން ހަވާލުކުރަންޖެހޭ ފައިސާއާއި ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުމާއި، ޒަކާތާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން. 7. ނީލަމަށް ފޮނުވަންޖެހޭ ތަކެތި، ހުއްދަ ހޯދައިގެން ނިލަން ކިޔުމުގެ ކަންތައްތައް ހިންގައި، އެކަން ޤަވާއިދުން ބެލެހެއްޓުން. 8. ރާއްޖެތެރެ ތަރައްޤިކުރުމުގެ މަޝްރޫޢުގެ ދަށުންނާއި، ސަރުކާރުގެ އެކިއެކި ދާއިރާތަކުން ރަށުގައިކުރައްވާ ޢިމާރާތްތަކާއި އެހެނިހެން މަސައްކަތްކުރުމުގެ ކަންކަން ޤަވާއިދާ އެއްގޮތްވާގޮތުގެމަތީން ހިންގައި ބެލެހެއްޓުން. 9. ފައިސާގެ ކަންކަމުގައި ބޭންކަށް ކުރަންޖެހޭ ދަތުރުތައް ކުރުން. 10. ބިޑްއިވެލުއެޝަން ކޮމިޓީގެ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުން. 11. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައް ކުރުން. | މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 
 
 
 
 
 
 
 
 
 
 
 | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައިމިވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ. - ލިބިފައިވާ ތަޢުލީމާއި ތަމްރީނު - ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ - މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް. | ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
| މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، އިމްތިޙާނުކުރުން އޮންނާނެ ތަނާއި ތާރީޚާއި ގަޑި، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 15 ދުވަހުގެ ތެރޭގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ. | އިންޓަރވިއުއާއި، ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު: | 
| 2016 ޖަނަވަރީ 3 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާއަށެވެ. | މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: | 
| ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ. | އުޖޫރައާއި ޢިނާޔަތްތައް: 
 | 
| 1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ. 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ފޮޓޯ ކޮޕީ. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 6. ސިވިލް ސަރވިސް ކޮމިޝަނުގެ ނަމޫނާއާ އެއްގޮތަށް ނުވަތަ އެ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. | ހުށަހަޅަންޖެހޭ ލިޔުންތައް: | 
| މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6600006 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6600006 އެވެ. މެއިލްކުރާނީ، [email protected] އަށެވެ. | އިތުރު މަޢުލޫމާތު: | 
6 ރަބީޢުލްއައްޥަލް 1437