ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)297-AD/297/2026/29
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 20 އޭޕްރިލް 2026 13:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގައި އިންޓާނެއްގެ ގޮތުގައި މަސައްކަތްކުރުމަށް ތިރީގައި މި ދަންނަވާގޮތަށް މީހުން ބޭނުންވެއެވެ.

މަޤާމް:

އިންޓާރން

ބޭނުންވާ ޢަދަދު:

 3 (ތިނެއް)

 ބޭނުންވާ މުއްދަތު:

2 (ދޭއް) މަސްދުވަސް

 އެލަވަންސް:

2000.00ރުފިޔާ (މަހަކު)

 މަސައްކަތްކުރަންޖެހޭ ވަގުތު:

 08:00 ން 14:00 އަށް

ވަޒީފާއަދާކުރަންޖެހޭ ތަން:

ނ.ވެލިދޫކައުންސިލްގެ އިދާރާ

މައިގަޑު މަސައްކަތް:

 

  1. ރަށުގާ ހިނގާ މުހިއްމުކަންތަކުގެ ޔައުމިއްޔާ ޤަވާޢިދުން ލިޔަމުންގެންދިއުން.
  2. ކައުންސިލްގެ އިދާރާގެ ޔައުމިއްޔާދުވަހުން ދުވަހަށްލިޔެ ސޮފްޓްކޮޕީ ނެޓްވޯކްއަށްލުން. އަދި ހަފްތާއަކު އެއްފަހަރު ހާޑްކޮޕީތައް ޕްރިންޓްކޮށް ސޮއިކުރުވާރައްކާތެރިކަމާއެކު ފައިލްކޮށް ބަލަހައްޓާ ކޮންމެއަހަރެއް ނިމުމުން އެއަހަރެއްގެ ހާޑްކޮޕީ ބައިންޑްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  3. ރަށުކައުންސިލުން އެކަށައަޅާ ސިޔާސަތާގުޅޭގޮތުން ހަދަންޖެހޭ ޤަވާޢިދުތަކާ އުޞޫލުތައްހެދުން.
  4. ރަށުގާހުންނަ ދަޢުލަތުގެ މުއައްސަސާތަކާ ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ކަންކަމުގައި އެހީތެރިވެދިނުން.
  5. ވެލިދޫގާ ހުންނަ ދައުލަތުގެ މުއައްސަސާތަކާ ސަރުކާރުގެ އިދާރާއަށް ބޭނުންވާ އިދާރީކަންކަމުގައި އެހީތެރިވެދިނުން.
  6. މައްސަލަ ރަޖިސްޓްރީއާއި ޔައުމިއްޔާ ނޯޓް ދުވަހުން ދުވަހަށް ލިޔެބެލެހެއްޓުން
  7.   7. ލިޔަންޖެހޭ ސިޓީ، މެސެޖްފަދަ ލިޔެކިޔުންތައް ލިޔުމާއި، ލިޔެކިޔުންތައް ބެލެހެއްޓުން. 
  8. އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ތާރީޚްއަށް (މެއިލް، ޖެމްސް، ފެކްސްއިން ފޮނުވަންޖެހޭ ތަކެތި) ފޮނުވުމާއި ހަވާލުކުރުން.
  9. އިދާރާގެފަރާތުން ފާހަގަކުރާ އެކިއެކި މުނާސަބަތު، ވާކްޝޮޕްފަދަ ކަންކަމާއިގުޅިގެން ކުރަންޖެހޭ އިދާރީކަންކަމާއި އިންތިޒާމްތައް ކުރުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން.
  10. އިދާރާއިން ކުރާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ ރަސްމީމަސައްކަތުގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްކުރުން.

ތައުލީމީ ފެންވަރު:

  * ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފުރިހަމަކޮށްފައިވުން.

  • މަޤާމަށް މީހަކު ނެގުމުގައި ކޮމްޕިއުޓަރއަށް އަހުލުވެރި ފަރާތްތަކަށް ބޮޑަށް އިސްކަން ދެވޭނެއެވެ.

ހުށަހަޅަންޖެހޭލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އިންޓަރންޝިޕަށް އެދޭ ފޯމު
  2. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. އިންޓަރންޝިޕަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

 އެދެންވީގޮތާއި ސުންގަޑި:

  • ޝައުޤުވެރިވާ ފަރާތްތަކުން 20 އޭޕްރީލް 2026 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މި އިދާރާއަށް އިންޓަރންޝިޕަށް އެދޭ ފޯމާއި ލިޔުންތައް ހުށަހަޅަންވާނެއެވެ. ފޯމު ހުށަހަޅާ ފަރާތްތައް    [email protected] އީމެއިލް މެދުވެރިކޮށް ހުށަހެޅިދާނެއެވެ. އީ-މެއިލް ކައުންސިލްއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.

އިންޓަރވިއު އަދި އިމްތިޙާން އޮންނާނެތަނާއި، މުއްމުދަތު

މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 26 އޭޕްރިލް 2026 އާއި 07 މޭ  2026 އާދެމެދުއެވެ. ވުމާއިއެކު، އެމުއްދަތުގައި އިންޓަރވިއުއަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

އިތުރުމައުލޫމާތު

  • ނަގާނީ މެރިޓް އުސޫލުން އެންމެ ގިނައިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓްކޮށް އިންޓަވިއު ކުރުމަށްފަހު އިންޓަވިއުއިން އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށް އިސްކަންދީގެންނެވެ.
  • ފޯމުގައިވާ ހުރިހާ ބައިތައް ފުރިހަމަކުރަންވާނެއެވެ. 
  • ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި މައުލޫމާތާއި ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލުކުރެވޭނެއެވެ.
  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560010، 6568018، 6567980 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ.
14 އޭޕްރިލް 2026