ވަޒީފާގެ ފުރުޞަތު
ނަންބަރު: 1
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 12:22
ސުންގަޑި: 19 އޭޕްރިލް 2026 14:00
މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާނު

 

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ ބޭނުންވާ އަދަދު: 01 (އެކެއް) މަޤާމުގެ ގިންތި: ދާއިމީ މަޤާމުގެ ރޭންކު: ޖީ.އެސް 3 މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 ވަޒީފާ އަދާކުރަން ޖެހޭ ތަން: މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ، މާލެ މުސާރަ: -/8,000 ރުފިޔާ ވަޒީފާ އަދާކުރަންޖެހޭ ގަޑި: ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1 އިދާރާއަށް އަންނަ ސިޓީތަކާއި އީމެއިލްތަކަށް ޖަވާބުދާރީވުމާއި، ލިޔެކިޔުންތައް ތަރުތީބުން ބެލެހެއްޓުން.

2  ކޮމިޓީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ނެގުމާއި އިދާރީ އެންމެހައި ކަންކަން ބެލެހެއްޓުން.

3 ކުޅިވަރުގެ އެކި ހަރަކާތްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތަކުގައި އެހީތެރިވުން.

 

މަޤާމުގެ ޝަރުތުތައް:

1  ތަޢުލީމު: ސާނަވީ (އެސް.އެސް.ސީ ނުވަތަ އޯލެވެލް) އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" އަދި "އިނގިރޭސިން" "ސީ" ފާސްް ލިބިފައިވުން

2 ތަޖުރިބާ: އިދާރީ މަސައްކަތުގެ ދާއިރާއިން ނުވަތަ ކުޅިވަރު ހިންގުމުގެ ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 

3 އިތުރު ހުނަރު: އިނގިރޭސި ބަހުން އަދި ދިވެހިން ބަަހުން ފަރިތަކަމާއެކު މުޢާމަލާތްކުރަން އެނގުމާއި، ކޮމްޕިއުޓަރ އެޕްލިކޭޝަންތައް (އެމްއެސް އޮފީސް އަދި އެކްސެލް) ބޭނުން ކުރަން އެނގުން.

 

ހުށައަޅަންޖެހޭ ލިޔުންތައް

1 ފުުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

2 ވަޒީފާއަށް އެދޭ ފަރާތުގެ ސީވީ

3 ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4 ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ

5 މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް (19 އޭޕްރިލް 2026) ގެ (14:00) ގެ ކުރިން މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ އީމެއިލް

 [email protected]  އަށް ހުށައަޅައިދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް:

އަށް އީމެއިލް ކުރެއްވުމުން ނުވަތަ 7709181 އަށް ގުޅުއްވާ.

14 އޭޕްރިލް 2026