މަސައްކަތް
ނަންބަރު: F03-HC/IUL/PR/2026/01
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 20 އޭޕްރިލް 2026 13:00
ބ. ކެންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
މިމަރުކަޒުން ބޭއްވުމަށް ހަމަޖެހިފައިވާ ހަފްލާއަކަށް އަމިއްލަ ތަކެތީގައި ކާތަކެތި ތައްޔާރުކޮށް ތަށިމަތި ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށް (ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު)

މިމަރުކަޒުން ބޭއްވުމަށް ހަމަޖެހިފައިވާ ހަފްލާއަކަށް އަމިއްލަ ތަކެތީގައި މިމަރުކަޒުން ފޯރުކޮށްދެއްވާ މައުލޫމާތާއި އެއްގޮތަށް ކާތަކެތި ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. އެގޮތުން މިމަސައްކަތުގައި ކާތަކެތި ތައްޔާރުކޮށްދެއްވާ ފަރާތަކުން ހަފްލާ ކުރިޔަށްދާ ވަޤުތު ތަށިމަތި ބެލެހެއްޓުންވެސް ހިމެނެއެވެ.

މިމަސައްކަތް ކުރުމަށް ކޯޓޭޝަން ހުށައަޅާނީ މިމަރުކަޒުންދޭ މައުލޫމާތާއި އެއްގޮތަށް ޖުމްލަ 100 މީހުންނަށް، ބޮލަކަށް 90 ރުފިޔާގެ މަގަށްވުރެ އިތުރު ނުވާނެހެންނެވެ. މިމަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ 01 މެއި 2026 ވާ ހުކުރު ދުވަހުގެ ރޭ 19:30 އަށެވެ.

މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 9736048, 7671004 ށް ނުވަތަ އީމެއިލް ކުރައްވާނަމަ [email protected] އެޑްރެހަށެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 އޭޕްރީލް 2026 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ށް މިމަރުކަޒުގެ މީޓީން ހޯލަށް ވަޑައިގެން ކޯޓޭޝަން ހުށައެޅުމަށް ދެންނެވީމެވެ. ކޯޓޭޝަން ހުށައަޅަންވާނީ، ހުށައަޅާ ފަރާތް އެނގޭގޮތައް ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. 

 14 އޭޕްރީލް 2026          

                             

 

14 އޭޕްރިލް 2026