ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)302-CO/302/2026/14
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 10:19
ސުންގަޑި: 01 ޖަނަވަރީ 1970 05:00
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނދުފަތީގެ މަޢުލޫމާތު ޙިއްސާކުރުމާއި ބެހޭ

ފިޝަރީޒް މިނިސްޓްރީން ހިންގަމުން ގެންދާ އޮއިވާލި ކަނދުފަތި ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން މިއަތޮޅު މާފަރުގެ ހުޅަނގުން ޤާއިމްކުރި ކަނދުފަތީގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

ކަނދުފަތީގެ މަޢުލޫމާތު

ކަނދުފަތި ޤާއިމްކުރި ސަރަޙައްދު

މާފަރުގެ ހުޅަނގުން 16 މޭލު ބޭރުގައި

ކަނދުފަތީގެ ނަންބަރު

F08D02

ޤާއިމްކުރި ތާރީޚު

26 މާރިޗު 2026

ޕޮޒިޝަން

5 ދަރަޖަ 25.400 މިނިޓް އުތުރު އަރުޟު (5.25.400’N)

72 ދަރަޖަ 35.300 މިނިޓް އިރު ތޫލު (72.35.300’E)

އެނގިވަޑައިގަންނަވާނެ ފަދައިން ދޮށީގެ މަސްވެރިކަމަށް އަމާޒުކޮށް ޤާއިމްކުރާ ކަނދުފަތި ތަކަކީ ދަޢުލަތުން ބޮޑުހޭދައެއްކޮށް، ބުރަ މަސައްކަތްތަކަކަށް ފަހު ޤާއިމް ކޮށްފައިވާ ކަނދުފަތިތަކެކެވެ. ވީމާ މިފަދަ ކަނދުފަތި ތަކާއި މެދު ސަމާލުވެ، ކަނދުފަތި ބެލެހެއްޓުމުގެ އިންތިޒާމް މަސްވެރިން މެދުވެރިކޮށް ކުރަންހަމަޖެހިފައިވާތީ، ކަނދުފައްޗަށް ގެއްލުމެއް ލިބިއްޖެނަމަ ލިބޭގެއްލުން ލަސްނުކުރައްވާ ފިޝަރީޒް މިނިސްޓްރީއަށް އެންގެވުން އެދެމެވެ.

އަދި ކަނދުފައްޗެއް ކަނޑައިގެން ގޮސްފިނަމަ ކަނޑައިގެން ދިޔަ ތާރީޚާއި، ހޮވިނަމަ ހޮވި ތާރީޚާއި، ހޮވި ފަރާތާއި، ހޮވި އުޅަނދާއި، ބޮޔާއި، އަދި ބޮޔާއިއެކު ހޮވި ތަކެތި އަދި ކަނޑައިގެން ގޮސްފައިހުރި ތަނުގެ ތަފްސީލްގެ މަޢުލޫމާތުވެސް ލަސްނުކުރައްވާ އަންގަވައިދެއްވުން އެދެމެވެ. އަދި ކަނދުފައްޗާއި ގުޅޭ މުޢާމަލާތު ކުރައްވާއިރު ކަނދުފަތި ޤާއިމުކޮށްފައިވާ ސަރަޙައްދު އަދި ކަނދުފަތީގެ ނަންބަރު ބޭނުންކުރެއްވުން އެދެމެވެ.                                          

މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢްލާންކުރީމެވެ.

 

14 އޭޕްރިލް 2026