ދިވެހިރާއްޖެ
އެކްރެޑިޓްނުކޮށް ހުރި ޕްރޮގްރާމްތަކާ ގުޅޭ
2022 އޮގަސްޓް ގައި މި އޮތޯރިޓީން ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ "ޕުރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިން"ގެ ދަށުން ރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ކުރިން އެޕްރޫވަލް ހޯދާފައިވާ ޕުރޮގްރާމްތަކަށް އަލުން އެކްރެޑިޓޭޝަން ހޯދަންޖެހެއެވެ. މިކަން ވާނީ، މި އޮތޯރިޓީގެ (IUL)218-Accred/218/2025/2 ނަންބަރު އިޢުލާނާއި، (IUL)218-Accred/218/2026/1 ނަންބަރުގެ އިޢުލާނުން، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރަ ގައި ރަޖިސްޓަރީކޮށްފައިވާ މަރުކަޒުތަކުގެ ސަމާލުކަމަށް ގެނެސްފައެވެ. ނަމަވެސް، ބައެއް މަރުކަޒުތަކުން މިއަދާ ހަމައަށްވެސް މި އޮތޯރިޓީން ކުރިން އެޕްރޫވަލްދީފައިވާ އަދި ހިންގަމުން ގެންދާ ޕްރޮގްރާމްތައް މިހާރު އަމަލުކުރަމުންދާ "ޕުރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިން"ގެ ދަށުން އެއްގޮތަކަށްވެސް އެކްރެޑިޓޭޝަން ހޯދުމަށް ހުށަހަޅާފައިނުވާކަން ފާހަގަކުރަމެވެ. މިފަދަ މަރުކަޒުތަކާއެކު މިއަހަރުގެ ތެރޭގައި ބައްދަލުވުމެއް ބާއްވަން މަސައްކަތްކޮށް ބައްދަލުކުރެވިފައިވަނީ ވަރަށް މަދު މަރުކަޒުތަކަކާއެވެ. އަދި މީގެ ތެރެއިން 30 ވަރަކަށް މަރުކަޒާ މިހާތަނަށް ވަނީ އެ މަރުކަޒުތަކުން ވުޒާރާއަށް ދީފައިވާ އީމެއިލް އަދި ފޯނުގެ ޒަރީއާއިންވެސް ގުޅޭ ގޮތް ނުވެފައެވެ.
މި މަރުކަޒުތަކާއެކު މިހާތަނަށް މުޢާމަލާތްކުރެވިފައި ނުވިނަމަވެސް، 22 އޮކްޓޯބަރ 2027 އިން ފެށިގެން އެފަދަ މަރުކަޒުތަކުން އާ ގައިޑްލައިންގެ ދަށުން އެކްރެޑިޓޭޝަން ނުހޯދާ ޕްރޮގްރާމްތައް ބާޠިލުވާނެއެވެ. ވުމާއެކު، ކުރިން ޕްރޮގްރާމް ހިންގުމަށް އެޕްރޫވަލް ދީފައިވާ މަރުކަޒުތަކާއެކު އާ އެކްރެޑިޓޭޝަނާ ގުޅޭގޮތުން މުއާމަލާތް ކުރެވިފައިނުވާނަމަ މި އޮތޯރިޓީގެ [email protected] މެއިލްއަށް 31 މެއި 2026 (އާދިއްތަ) ދުވަހުގެ ކުރިން އެ މަރުކަޒެއްގެ މަޢުލޫމާތު ހިއްޞާކޮށްދެއްވާ މެއިލްކޮށްދެއްވުން އެދެމެވެ.
ހުރިހާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުންވެސް އެކްރެޑިޓޭޝަން ނުހޯދާ ހުރި ޕްރޮގްރާމްތަކަށް 22 އޮކްޓޯބަރ 2027 ގެ ކުރިއަށް ވީ އެންމެ އަވަހަށް އެކްރެޑިޓޭޝަނަށް ހުށަހަޅައިގެން ކުރިއަށް ގެންދެވުމަށް ދަންނަވަމެވެ. އެކްރެޑިޓޭޝަން ނުހޯދާ ހުރި ޕްރޮގްރާމްތައް 22 އޮކްޓޯބަރ 2027 ގެ ފަހުން ބާޠިލުވާނެކަން ތަކުރާރުކޮށް ހަދުމަކޮށްދެމެވެ.