ދިވެހިރާއްޖެ
(IUL)ASMH-Procure/ASMH/2026/34
އިޢުލާން
2 އަހަރު ދުވަހުގެ މުއްދަތައް ކެއުމާއި ސައި ހަމަޖައްސައިދޭނެ ފަރާތެއް ހޯދުން
އެކި ދުވަސްތަކާއި މުނާސަބާތައް ފާހަނގަކުރުމަށް ހޮސްޕިޓަލުން ހިންގާ އެކިއެކި ޙަރަކާތްތަކާއި ގުޅިގެން ބައިވެރިންނަށް ދޭންބޭނުންވާ ކެއުމާއި ސައި ދިނުމުގެ އިންތިޒާމްހަމަޖައްސައި ދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީކުރުން ކުރިއަށް ދާނީ 13 އޭޕްރިލް 2026 އިން 16 އޭޕްރިލް 2026 ވަނަދުވަހުގެ 13:00 ގެކުރިން މިހޮސްޕިޓަލްގެ އީމެއިލް އެޑްރެސް [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލްކޮށް ނުވަތަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެންރެޖިސްޓްރޭޝަން ފޯމްހުށަހަޅުއްވައިގެންނެވެ. ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުން: 20 އޭޕްރިލް 2026، 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްގެން ނުވަތަ ރަސްމީ ގަޑީގައި 6845161 ނަންބަރ ފޯނަށް ގުޅުއްވައިގެން.
އަންދާސީ ހިސާބް ހުށަހެޅުން: 22 އޭޕްރިލް 2026، 10:00 އަށް
ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ)