ބީލަން
ނަންބަރު: 60-PRO/2026/125
ޕަބްލިޝްކުރި ތާރީޚް: 13 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 10:37
ސުންގަޑި: 15 އޭޕްރިލް 2026 11:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެއް އަހަރު ދުވަހުގެ މުއްދަތަށް، އެސްޓީއޯ ހޯރަފުށި ފިހާރައިން ވިއްކާ ހިލަ، ހިލަވެލި އަދި ސިމެންތި ބަސްތާ ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް، އެސްޓީއޯ ހޯރަފުށި ފިހާރައިން ވިއްކާ  ހިލަ، ހިލަވެލި އަދި ސިމެންތި ބަސްތާ ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމަށް، ރަޖިސްޓްރީ ކުރުމަށް ފުރުސަތު ހުޅުވާލަމެވެ.

 

 މަސައްކަތުގެ ވެރިފަރާތް:

 ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

 

 

ރަޖިސްޓްރީ ކުރާ

ފަރާތްތަކުގައި

ހުންނަންޖެހޭ ޝަރުތުތައް:

 

  • ބީލަން ހުށަހަޅާ ފަރާތަކީ އެއްވެސް މައްސަލައެއްގެ ސަބަބުން އެސްޓީއޯ އަދި އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގައި ބްލެކްލިސްޓް ކުރެވިފައިވާ ފަރާތަކައް ވެގެން ނުވާނެ އެވެ.
  • ބީލަން ހުށަހަޅާ ފަރާތަކީ އެއްވެސް މައްސަލައެއްގެ ސަބަބުން އިކޮނޮމިކް މިނިސްޓްރީ އަދި މީރާގައި ޑިބާރޑް ނުވަތަ ބްލެކްލިސްޓް ކުރެވިފައިވާ ފަރާތަކައް ވެގެން ނުވާނެ އެވެ.

 

 

 

ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ލިޔެކިއުން:

  • ކުންފުނީގެ/ ސޯލް ޕްރޮޕްރައިޓަރޝިޕްގެ ރެޖިސްޓްރޭޝަންކޮޕީ
  • ކުންފުނީގެ/ ސޯލް ޕްރޮޕްރައިޓަރޝިޕްގެ ހިއްޞާދާރުންގެ އައި.ޑީ.ކާޑް ކޮޕީ
  • ކުންފުނީގެ ހިންގާ ޤަވާއިދު
  • ކުންފުނީގެ އަސާސީ ޤަވާއިދު
  • ޖީ.އެސް.ޓީ ސެޓްފިކެޓް
  • ކުންފުނީގެ ޕްރޮފައިލް – އިކޮނޮމިކް މިނިސްޓްރީގެ ކޮމްޕެނީ ޕްރޮފައިލް ޝީޓް
  • ބޭންކް ތަފްސީލު – ބޭންކް އެކައުންޓް ނަމްބަރާއި ނަން އެނގޭ ލިޔެކިއުމެއް

 

 

 

ރަޖިސްޓަރީ ކުރުން:

ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 15 އޭޕްރިލް 2026 ވާ ބުދަ ދުވަހު 11:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓަރ ކުރަންވާނެއެވެ.

[email protected]

 

*ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ބީލަން ކަރުދާސް ފޮނުވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު: 3342536

އީމެއިލް: [email protected]

13 އޭޕްރިލް 2026