ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)342/INDIV/2026/30
ޕަބްލިޝްކުރި ތާރީޚް: 12 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 21:51
ސުންގަޑި: 23 އޭޕްރިލް 2026 00:00
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. މަތިވެރީ ރައްޔިތުންގެ ތެރެއިން ރަށުން ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ ދަފްތަރު ރަޖިސްޓްރީ ކުރުމުގެ އުޞޫލު އާންމު ކުރުން

އިޢުލާން

އއ. މަތިވެރީ ރައްޔިތުންގެ ތެރެއިން ރަށުން ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ ދަފްތަރު ރަޖިސްޓްރީ ކުރުމުގެ އުސޫލު އާންމު ކުރުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ނަންބަރު 7/2010 ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ 25 ގެ ދަށުން މަތިވެރީ ކައުންސިލުން އެކުލަވާލައިފާވާ، "އއ. މަތިވެރީ ރައްޔިތުންގެ ތެރެއިން ރަށުން ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ ދަފްތަރު ރަޖިސްޓްރީކުރުމުގެ އުސޫލު" މި ކައުންސިލްގެ 4 ވަނަ ދައުރުގެ 287 ވަނަ އާންމު ބައްދަލުވުމުން ފާސްކޮށްފައިވާތީ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

މިހެންކަމުން މިރަށުގެ ރަށްވެހިންގެގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ރަށުން ބޭރުގައި ދިރިއުޅުން ޤާއިމްވެފައިވާ ފަރާތްތަކުގެ މަޢުލޫމާތު ބެލަހައްޓާ ރަށުން ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަން ބޭނުންވާތީވެ، މި ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލުމެވެ.

މިގޮތުން، މިދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން އެކަމަށް ޙާއްސަ ކުރެވިފައިވާ ފޯމު ފުރުމަށްފަހު، ފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު މި ކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. ކަމާބެހޭ އެކި އިދާރާތަކަށް ހުށަހަޅާ، ރަށުން ބޭރުގައި ދިރިއުޅޭކަމުގެ ލިޔުން މި ކައުންސިލުން ދޫކުރާނީ، މި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެންޏެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                    24 ޝައްވާލް 1447    

                                   12 އޭޕްރީލް 2026                     

          

12 އޭޕްރިލް 2026