ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)RDC/RDC/2026/72
ޕަބްލިޝްކުރި ތާރީޚް: 12 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 16:12
ސުންގަޑި: 28 އޭޕްރިލް 2026 11:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
Supply & Delivery of Survey Items for RDC

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

                                                             (IUL)RDC/RDC/2026/72 :ނަމްބަރު 

  

ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންއަށް ސަރވޭ ކުރާ ސާމާން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

 

 މި ކޯޕަރޭޝަންގެ ބޭނުމަށް ސަރވޭ ކުރާ ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 އޭޕްރިލް 2026 (އާދިއްތަ) ދުވަހުގެ 14:00 ގެ ނިޔަލަށް އީމެއިލް  ([email protected])މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓަރ ކުރުމަށް އީމެއިލް ކުރަށްވާނީ ތިރީގައިވާ މައުލޫމާތު ޖެއްސެވުމަށްފަހުގައެވެ.

-          އިއުލާން ނަންބަރ

-          އިއުލާން ނަން

-          ކޮމްޕެނީ ނަން

-          ފޯނު ނަންބަރ

-          އީމެއިލް އެޑްރެސް (ހަމައެކަނި އެއް އީމެއިލް އެޑްރެސް)

ޕްރޮޕޯސަލް ހުށަހެޅޭނީ ހަމައެކަނި ސުންގަޑީގެ ކުރިން ރަޖިސްޓަރ ކުރައްވާފައިވާ ފަރާތް ތަކަށެވެ.

 އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވައި ފަރާތްތަކުން 20 އޭޕްރިލް 2026 (ހޯމަ) ދުވަހުގެ 12:00 ޖެހުމާއި ހަމައަށް  އީމެއިލް މެދުވެރިކޮށް، މައުލޫމާތު ސާފުކުރުމަށް ހުޅުވައިލެވިފައި ވާނެއެވެ.

-          އީމެއިލް: [email protected]

-          މައުލޫމާތު ސާފު ކުރުމަށް އީމެއިލް ކުރައްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ސުންގަޑިއަށް ފަހު ޖަވާބު އީމެއިލް މެދުވެރިކޮއް ފޮނުވޭނެއެވެ.

-           ސުވާލުތަކުގެ ޖަވާބު ފޮނުވާނީ ހަމައެކަނި ބިޑް ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާފަވައި ފަރާތްތަކަށެވެ.

-          ތަކެތީގެ ތަފްސީލް މި އިޢުލާން އާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

            ވީމާ، ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 28 އޭޕްރިލް 2026 ވާ އަންގާރަ ދުވަހުގެ ހެންދުނު 11:00 މި ކޯޕަރޭޝަންގެ މައި އޮފީހަށް ހާޒިރުވެ ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

މިކަމާ ގުޅިގެން އިތުރު ތަފްޞީލެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ.

                   

 

                            ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

                            އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު

                            މާލެ، ދިވެހިރާއްޖެ

                            ފޯން ނަންބަރު: 3339060

                            މެއިލް : [email protected]

                           

                            12 އޭޕްރިލް 2026

12 އޭޕްރިލް 2026