ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182-REG/23/2026/3
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 13:09
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ބޭސް އިމްޕޯޓުކުރުމާއި ވިއްކުން އަދި އިޝްތިހާރު ކުރުމާއި ގުޅޭ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

 ސިއްޙީ ވުޒާރާ

 މާލެ، ދިވެހިރާއްޖެ

                                                     (IUL)182-REG/23/2026/3  :ނަންބަރު                                                                     

އިޢުލާނު

މި އޮތޯރިޓީގެ އިޢުލާނު ނަންބަރު: (IUL)182-REG/23/2026/1 (19 ޖަނަވަރީ 2026) އާއި ޙަވާލާދީ ދަންނަވަމެވެ.

އިޢުލާނުގައި ބަޔާންކޮށްފައިވާ ބޭސްތަކުގެ އިތުރުން، ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި، ހަށިގަނޑުގެ މަސްތައް ވަރުގަދަ ކުރުމަށާއި (މަސަލް ބިލްޑް)، ހަންގަނޑު ރީތި ކުރުމަށާއި ޖިންސީ ކަންކަމުގައި ބޭނުން ކުރުމަށް، އެކިއެކި ނަންނަމުގައި، ބޭސް އިމްޕޯރޓް ކުރުމާއި ވިއްކުމަށް ނަގަންޖެހޭ ހުއްދަތައް ނުނަގައި އިމްޕޯރޓްކޮށް، އެކިއެކި ކްލެއިމްތައްކޮށް، އޮންލައިން މަސްދަރު ތަކުގައާއި ބައެއް އާއްމު ފިހާރަ ތަކުން ވެސް އިޝްތިހާރުކޮށް ވިއްކަމުންދާކަންވަނީ ފާހަގަ ކުރެވިފައެވެ. ޑޮކްޓަރެއްގެ އިރުޝާދާއި ނުލައި މިފަދަ ތަކެތި ބައްލަވައިގަނެ ބައެއް އާއްމުފަރާތް ތަކުން މިފަދަ ތަކެތި ބޭނުން ކުރަމުންގެންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

މިގޮތަށް ނަގަންޖެހޭ ހުއްދަތައް ނުނަގައި ވިއްކާ  ބޭސްތަކަކީ މިއޮތޯރިޓީގެ ފަރާތުން އެއްވެސް ގޮތަކަށް އޭގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކޮށްފައިވާ ބޭސްތަކެއް ނޫނެވެ.  އެހެންކަމުން، މިފަދަ ބޭސް ބޭނުންކުރުމުގެ ސަބަބުން އާއްމު ޞިއްޙަތަށް ނުހަނު ބޮޑެތި ގެއްލުން ތަކާއި ކުރިމަތިލާން ޖެހިދާނެއެވެ. އެގޮތުން ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުން ފަދަ ހިތާމަވެރި ހާދިސާ ތަކުގެ އިތުރުން  ކުއްލި މަރަށް ހުށަހެޅުމުގެ ފުރުސަތު އޮވެއެވެ.

އަދި މިފަދަ ބޭސް ތަކަކީ ހަމަ އެކަނި ހުއްދަ ނަގައިގެން  ހިންގާ ފާރމަސީ ތަކުގައި، މިބޭސްތަކަށް ނަގަން ޖެހޭ ހުއްދަ ނަގައިގެން ވިއްކޭނެ ތަކެތި ކަމުގައިވެސް އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި ހުއްދަ ނުނަގައި އިޝްތިހާރުކޮށް ވިއްކާ މިފަދަ ޕްރޮޑަކްޓްތައް މާރކެޓުން ނެގުމުގެ މަސައްކަތް މިއޮތޯރިޓީއިން ކުރިއަށް ގެންދާނެ ކަމުގައިވެސް އަންގަމަވެ.

ވީމާ، މިއޮތޯރިޓީގެ ހުއްދަނެތި  ބޭސް އިމްޕޯރޓްކޮށް، ވިއްކާ އަދި އިޝްތިޙާރުކުރާ ފަރާތްތަކާއި މެދު ބޭހާއިބެހޭ ގަވާއިދު (ނަމްބަރު: 2014/R-46) އަދި ޞިއްޙީ ޚިދުމަތް ދިނުމުގެ ގާނޫނު (ނަންބަރު2015/29) ގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެކަން އާއްމުކޮށް އަންގާ އިޢުލާނު ކުރަމެވެ.

 އަދި މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ މި އޮތޯރިޓީގެ ހޮޓްލައިން ނަންބަރު: 7200321 އަށް ގުޅުއްވުން އެދެމެވެ.   

09 އޭޕްރިލް 2026