ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)182/182/2026/26
ޕަބްލިޝްކުރި ތާރީޚް: 12 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 12:52
ސުންގަޑި: 19 އޭޕްރިލް 2026 14:00
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ޑިރެކްޓަރ، ކޮލިޓީ އެޝުއަރަންސް - މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މަޤާމު

ޑިރެކްޓަރ، ކޮލިޓީ އެޝުއަރަންސް

މަޤާމުގެ ނަންބަރު

       J-407718

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޕީ.އެސް.އާރ 9ބީ - ސްޓެޕް 1

ޑިވިޝަން/ ސެކްޝަން

ފުޑް ކޮންޓްރޯލް ޑިވިޜަން / ފުޑް ބޯޑަރ ކޮންޓްރޯލް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މުސާރަ

-/15,482 ރުފިޔާ

ސަރވިސް އެލަވަންސް

-/7,255 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 ނޮވެމްބަރު 2025 އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.
  3. ހާޒިރީ އިނާޔަތް: ހާޒިރުވާ  ކޮންމެ ދުވަހަކަށް -/196

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ބޯޑަރ ކޮންޓްރޯލް ސެކްޝަންގެ އިދާރީ ހިންގުމާއި މުވައްޒަފުންނާއި ގުޅޭ ކަންކަން ރާވާ ޔުނިޓުތަކުގެ ސުޕަވައިޒަރުން މެދުވެރިކޮށް މަސައްކަތްތައް ހިންގާ މޮނިޓަރކޮށް ބެލެހެއްޓުމާއ، ޕޯޓު ޔުނިޓުތަކުގައި ރިސްކް ބޭސްޑް އިންސްޕެކްޝަން ނިޒާމް އަދި އިމްޕޯޓު އެކްސްޕޯޓާއި ގުޅޭ ގޮތުން ހަދާ ޤަވާއިދު ޑިވިޜަން ހެޑްގެ ލަފާގެ މަތިން ތަންފީޒު ކުރުމުގެ މަސައްކަތް ރާވާ ހިންގުން.
  2. ފުޑް ކޮންޓްރޯލް ޑިވިޜަންގެ ބޯޑަރ ކޮންޓްރޯލް ސެކްޝަނުން ހިންގާ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓުތައް އަދި ސެކްޝަނުގައި ކުރަންޖެހޭ މަސައްކަތްތައް އޮތޯރިތީގެ ޕޮލިސީ އާއި ޕްރޮސީޖަރ އާއި އެއްގޮތަށް ޑިވިޜަން ހެޑްގެ ލަފާގެ މަތިން ކުރުން.
  3. ރާއްޖެއަށް އިމްޕޯރޓުކުރާ ކާބޯތަކެތީގެ ހެލްތު ކްލިއަރަންސް ދިނުމުގައި ދިމާވާ މައްސަލަތައް އިންސިޑެންޓް މެނޭޖްމަންޓް ސިސްޓަމްގެ ތެރެއިން ބަލާ، ޙައްލުކޮށް ޚިދުމަތް ތަރައްޤީ ކުރުން.
  4. ފުޑް ބޯޑަރ ކޮންޓްރޯލް ސެކްޝަނުގެ މުވައްޒަފުން މަސައްކަތްކުރުމަށް ރަނގަޅު މަސައްކަތު މާޙައުލެއް ޤާއިމް ކުރުމަށް މަސައްކަތް ކުރުމާއި، މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތަކާއި އެހެނިހެން ލިޔެކިޔުންތައް ޑިވިޜަން ހެޑްގެ ލަފާގެ މަތިން އަންގައި، ސޮއިކުރުވައި، ފައިލް ކުރުމުގެ މަސައްކަތް މޮނިޓަރކޮށް އެއާއި އެއްގޮތަށް ޢަމަލުކޮށް އެހެން މުވައްޒަފުން ވެސް ޢަމަލުކުރޭތޯ ބެލުން.
  5. ރާއްޖެއަށް އެތެރެކުރެވޭ ކާބޯތަކެތީގެ ޝިޕްމަންޓްތައް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކަނޑައަޅާ ޤަވާޢިދުތަކާއި، އުޞޫލުގެ ދަށުން ހެދިފައިވާ ޕްރޮސީޖަރގައި ކަނޑައެޅިފައިވާ ގޮތަށް ރިސްކް ބޭސްޑް އުސޫލުން އިންސްޕެކްޓްކޮށް ހެލްތު ކްލިއަރެންސް ދިނުމާއި ހިފެހެއްޓުން.
  6. އެމް.އެފް.ޑީ.އޭގެ މެންޑޭޓް ހިންގުމަށްޓަކައި ފުޑް ކޮންޓްރޯލް ޑިވިޜަންގެ އެކްޝަން ޕްލޭން ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި އެހީތެރިވެދިނުން.
  7. ފުޑް ކޮންޓްރޯލް ޑިވިޜަންގެ ބޯޑަރ ކޮންޓްރޯލް ސެކްޝަންގެ އެސް.އޯ.ޕީ އަދި އުސޫލުތައް އެކުލަވާލުން.
  8. ޑިވިޜަންގެ މަސައްކަތްތައް ތަރައްޤީކޮށް ރައްޔިތުންނަށް ލުއިފަސޭހަ، ބަލައިގަންނަ ޚިދުމަތްތަކަށް ހެދުމަށް ޑިވިޜަން ހެޑްގެ ލަފާގެ މަތިން މަސައްކަތް ކުރުން.
  9. ޑިވިޜަންގެ އޯޑިޓް އަދި އިންސްޕެކްޝަންތަކުގައި ބައިވެރިވުން އަދި އެހީތެރިވެދިނުން.
  10. އޮފީހުގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތަކުގައި ބައިވެރިވުން އަދި އެހީތެރިވެދިނުން. ޞިއްޙީ ކާރިސާ ތަކާއި އެމަރޖެންސީ އާއި ޕެންޑަމިކް ތަކުގައި ޢަމަލީ ގޮތުން މަސައްކަތްކޮށް އެހީތެރިވުން.

 

މަޤާމުގެ ޝަރުތުތައް

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީ ހާސިލްކޮށްފައިވުން، އަދި މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން. ނުވަތަ

2. މަގަމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއިއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެމުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

  • އެގްރިކަލްޗަރަލް އެންޑް ފުޑް ޑޭޓާ މެނޭޖްމަންޓް  
  • އެގްރިކަލްޗަރަލް އެންޑް ފުޑް އިކޮނޮމިކްސް  
  • އެގްރިކަލްޗަރަލް ބަޔޯ ޓެކްނޯލޮޖީ  
  • އެގްރިކަލްޗަރަލް ފުޑް ޓެކްނޮލޮޖީ  
  • އެގްރިކަލްޗަރަލް ފުޑް އެންޑް އެންވަޔަރަންމަންޓަލް ޕޮލިސީ އެނަލިސިސް  
  • އެގްރި-ފުޑް އިކޮނޮމިކްސް އެންޑް ޓްރޭޑް  
  • އެގްރި-ސަސްޓެއިނަބިލިޓީ އެންޑް ޓެކްނޯލޮޖީ  
  • އެގްރޯ ބަޔޯ ޓެކްނޯލޮޖީ  
  • އެގްރޯ ކެމިކަލްސް  
  • އެގްރޯ ފުޑް ޗެއިން  
  • އެނަލިޓިކަލް ކެމިސްޓްރީ  
  • އެންވަޔަރަންމަންޓަލް ބަޔޯ ޓެކްނޮލޮޖީ  
  • އެންވަޔަރަންމަންޓަލް ކެމިސްޓްރީ  
  • އެންވަޔަރަންމަންޓަލް ސައިންސް  
  • ފުޑް އެންޑް އެގްރި-ބިޒްނަސް މެނޭޖްމަންޓް  
  • ފުޑް އެންޑް ރިސޯސް އިކޮނޮމިކްސް  
  • އިނޮވޭޝަން އިން ފުޑް އެންޑް އެގްރިކަލްޗަރ  
  • މެޑިކަލް ބަޔޮލޮޖީ  
  • މައިކްރޯބަޔޮލޮޖީ  
  • ސަސްޓެއިނަބަލް އެގްރިކަލްޗަރ އެންޑް ފުޑް ސެކިއުރިޓީ
  • ސަސްޓެއިނަބަލް ފުޑް އެންޑް އެގްރިކަލްޗަރަލް ޕޮލިސީ  

ގުޅޭ ވަޒީފާގެ ދާއިރާތައް

  • ހެލްތް ސާވިސަސް
  • ހެލްތް މެނޭޖްމަންޓް
  • ހެލްތް ޕޮލިސީ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ،އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓު ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

 6. މަގާމަށް ޢައްޔަންކުރާއިރު ފުރިހަމަކުރުން ލާޒިމު ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) "ހަޒާޑް އެނަލިސިސް ކްރިޓިކަލް ކޮންޓްރޯލް ޕޮއިންޓް" (އެޗް.އޭ.ސީ.ސީ.ޕީ) ސެޓްފިކޭޝަންގެ ކޮޕީ.

(ށ) ފުޑް ސޭފްޓީ އެންޑް ކޮލިޓީ އޮޑިޓަރ ސެޓްފިކޭޝަން (ސީ.އެފް.އެސް.ކިއު.އޭ).

(ނ) ފުޑް ސޭފްޓީ (އައި.އެސް.އޯ 22000) އޮޑިޓަރ ސެޓްފިކޭޝަން.

(ރ) ފުޑް ސޭފްޓީ މެނޭޖްމަންޓް ސިސްޓަމްސް (އެފް.އެސް.އެމް.އެސް) ގެ އޮޑިޓަރ ސެޓްފިކޭޝަން.

 7. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 19 އޭޕްރީލް 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނު، އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، ޕްރެޒެންޓޭޝަން އަދި އިންޓަރވިއު އޮންނާނީ، 2026 އޭޕްރީލް/މެއި މަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި  އިމްތިޙާނު، ޕްރެޒެންޓޭޝަން އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected] އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014322 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected]   އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

12 އޭޕްރިލް 2026