ދިވެހިރާއްޖެ
އެފް.އޭ.އެމް ރީޖަނަލް ލީގު ކޮލިފަޔާސްގައި ވާދަކުރާ ގދ. ހޯނޑެއްދޫ ޓީމު ގދ. ގައްދޫގައި ތިބުމަށްޓަކައި، 25 މީހުންގެ އެކޮމޮޑޭޝަން ހަމަޖެއްސުމަށް މިކައުންސިލުން ކުރިން ކުރި ނަންބަރު އިޢުލާން (IUL)417-CA/417/2026/25، ގައްދޫގައި މަޑުކުރާ މުއްދަތަށް ބަދަލު އައިސްފައިވާތީ އެއިޢުލާން ބާޠިލްކޮށް އިޢުލާން ކުރުމުންވެސް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، އެ ފުރުޞަތު އަލުން ހުޅުވާލަމެވެ. ހޯނޑެއްދޫ ޓީމް ގައްދޫގައި މަޑުކުރާ 15 ދުވަހުގެ މުއްދަތަށް އެކޮމޮޑޭޝަން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް އެދި ހުށަހަޅާ އެކޮމޮޑޭޝަނަކީ 25 މީހުންނަށް ދަތިނުވެ ތިބެވޭނެ ފަދަ ތަނަކަށް ވާންޖެހޭނެއެވެ. އަދި 15 ދުވަހުގެ މުއްދަތަށް އަގު ހުށަހެޅި ނަމަވެސް، ފައިސާ ދެއްކުމުގައި ބަލާނީ ޓީމު އަމަލީގޮތުން އެތަނުގައި ހޭދަކުރާ ދުވަސްތަކުގެ އަދަދަށް ކަމުގައި ދަންނަވަމެވެ. އެއީ ދިމާވާ ޙާލަތަކުން 15 ދުވަހަށް ވުރެ ގިނައިން ނުވަތަ މަދުންވެސް ޓީމް ގައްދޫގައި މަޑުކުރަން ޖެހިދާނެތީއެވެ. މީގެ އިތުރުން، ހުށަހަޅާ އެކޮމޮޑޭޝަންގެ ތަފްސީލް ބަޔާންކޮށްދޭންވާނެއެވެ. (ކޮޓަރި އަދި ފާޚާނާގެ އަދަދު، އަދި ލިބެންހުރި އެހެނިހެން ޚިދުމަތްތައް) ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 އޭޕްރީލް 2026 ވަނަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އޮންލައިންކޮށް ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުން ކޯޓޭޝަން ފޮނުއްވަންވާނީ ފައިލްގައި ޕާސްވޯޑް އެއް ޖެއްސެވުމަށްފަހު https://message.gov.mv މެދުވެރިކޮށް ވަގުތު ހަމަވުމުގެ ކުރިންނެވެ. މިގޮތަށް ފޮނުއްވާ މެސެޖްގައި ގުޅޭނޭ ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސް ޖައްސަވަންވާނެއެވެ. މިގޮތަށް ފޮނުއްވަން ވާނީ އަމިއްލަ ފަރުދަކު ނަމަ އެމީހެއްގެ އެކައުންޓުން، އަމިއްލަ ފަރުދުންގެ ވިޔަފާރި އަކުން ނަމަ މަސްޢޫލުވެރިޔާގެ އެކައުންޓް އަދި ކުންފުނި/ޕާޓްނަރޝިޕަކުން ނަމަ މެނޭޖިންގ ޑިރެކްޓަރ/މެނޭޖިންގ ޕާޓްނަރ ގެ އެކައުންޓުންނެވެ. މިމަސައްކަތް ޙަވާލުކުރާނޭ ފަރާތެއް ކަނޑައަޅާނީ އެންމެ ހެޔޮ އަގެއް ހުށަހަޅާ ފަރާތެއް ބަލައިގެންނެވެ.
މިހެންވެ މިކަން އާންމުކޮށް އންގުމަށްޓަކައި އިޢުލާން ކުރީމެވެ.