ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)247-CA/247/2026/35
ޕަބްލިޝްކުރި ތާރީޚް: 12 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 10:29
ސުންގަޑި: 17 އޭޕްރިލް 2026 20:30
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުކައުންސިލުން ހޯރަފުށީގެ ރައްޔިތުންނާއި ބައްދަލު ކުރުމާއި ގުޅޭ

އިޢުލާން

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު  (ނަންބަރު2010/7)ގެ 1-107 ވަނަ މާއްދާގެ (ށ) އަދި (ނ) ގައިވާ ގޮތުގެ މަތިން، ރަށެއް ހިންގުމުގައި ނިންމާ މުހިންމު ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ މަޝްވަރާ ހޯދުމަށާއި އަދި މުހިންމު މައުލޫމާތު ހިއްސާކުރުމަށް ކޮންމެ ހަތަރު މަހުން އެއް މަހު ބޭއްވުމަށް ލާޒިމްކުރާ ޢާންމު ބައްދަލުވުން 2026 އެޕްރީލް 17 ވާ ހުކުރު ދުވަހުގެ ރޭ ބާއްވާ ގޮތަށް ރަށުކައުންސިލުން ވަނީ ނިންމާފައެވެ.                        

ވީމާ، ރަށުކައުންސިލުން ރަށުގެ އިޢްޒަތްތެރި ރައްޔިތުންނާއި ބައްދަލުކުރުމަށްޓަކައި، ބާއްވާ ޙާއްޞަ ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި ދަޢުވަތު އެރުވީމެވެ.

 

      ބައްދަލުވުން އޮންނަ ތާރީޚް:      17 އެޕްރީލް 2026 (ހުކުރު) 

      ތަން:                    ހއ.ހޯރަފުށީ ކައުންސިލްގެ އިދާރާ (މީޓިން ރޫމް) 

      ފަށާ ގަޑި:                 20:30 (ރޭގަނޑު) 

      ނިންމާ ގަޑި:               21:30

 

                މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

                24 ޝައްވާލު 1447

 

12 އޭޕްރިލް 2026