ދިވެހިރާއްޖެ
19 މާރިޗު 2019 ގައި ރަޖިސްޓަރީކޮށްފައިވާ އޮންލައިން ނޫހެއް ކަމުގައިވާ "އެމްވީ ޓައިމްސް" (ރަޖިސްޓަރީ ނަންބަރު: (2187/2019)) ގެ މަސްޢޫލުވެރިޔާ، އެ ނޫހާއި އެ ނޫހުގެ ވެބްސައިޓް (times.mv)އުވާލުމަށް އެދި 29 މާރިޗު 2026 ގައި، މި ކޮމިޝަނަށް ހުށަހަޅާފައިވާތީ، މިކަން ބެލުމަށްފަހު، ޤާނޫނު ނަންބަރު: 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 50 ވަނަ މާއްދާގެ (ނ) އާއި، އެ ޤާނޫނުގެ 58 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ރިޢާޔަތްކޮށް،ރަޖިސްޓަރީ ނަންބަރު: (2187/2019) "އެމްވީ ޓައިމްސް" އޮންލައިން ނޫހުގެ ރަޖިސްޓަރީ އަދި އެ ނޫހުގެ ވެބްސައިޓް (times.mv) 09 އެޕްރީލް 2026 އިން ފެށިގެން އުވާލާފައިވާ ކަމުގައި ދަންނަވަމަވެ.
ވީމާ، މިއަދުން ފެށިގެން "އެމްވީ ޓައިމްސް" (ރަޖިސްޓަރީ ނަންބަރު:(2187/2019) ) އާއި އެ ނޫހުގެ ވެބްސައިޓް (times.mv) ވަނީ ނޫސް މަޖައްލާތަކުގެ ދަފްތަރުން އުނިކުރެވިފައެވެ. އަދި މިނޫހަކީ އުވާލެވިފައިވާ ނޫހެއް ކަމުގައިވާތީ، އެ ނަމުގައި އެއްވެސް ޚަބަރެއް ނުވަތަ މަޢުލޫމާތެއް ފެތުރުމަކީ، ޤާނޫނު ނަންބަރު: 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 45 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނާކަމެއްކަން، ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.