ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)A14-HC/2026/02
ޕަބްލިޝްކުރި ތާރީޚް: 09 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 15:27
ސުންގަޑި: 16 އޭޕްރިލް 2026 13:00
ތިލަދުންމަތީ އުތުރުބުރީ އުތީމު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ (ކަސްޓަމަރ ސަރވިސް)

 

އިޢުލާން

މަޤާމް:

ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

J-448713

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޕަބްލިކް ސަރވިސް ރޭންކް 5 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހއ. އުތީމު ސިއްޙީމަރުކަޒު /  ހއ.އުތީމު

މުސާރަ:

މަހަކު -/9495 ރުފިޔާ

މަޤާމުގެ އަލަވަންސް:

މަހަކު -/2850 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ހާޒިރީ އިނާޔަތް: ހާޒިރުވާ ކޮންމެ ދުވަހަކަށް  -/75ރުފިޔާ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ދައުލަތުގެ ޕޭ ފްރޭމްވާރކްގެ މިންގަނޑުގައިވާ ގޮތުގެމަތިން އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ސިއްޙީމަރުކަޒަށް ހިދުމަތް ހޯދުމަށް އަންނަ ކަސްޓަމަރުންނަށް އުނދަގޫ ކަމެއްނެތި ހިތްހަމަޖެހުމާއިއެކު ތަނުން ހިދުމަތް ލިބިގެން ދާނޭގޮތަށް މަސައްކަތްކުރުން. އެގޮތުން ޑޮކްޓަރަށް ދައްކަން އަންނަ މީހުނާއި މަރުކަޒުގެ އެކިއެކި ބޭނުންތަކަށް އަންނަމީހުން އެފަރާތްތަކުން ބޭނުންވާ ޚިދުމަތަކާއި ގުޅޭ ޑިޕާޓްމެންޓަކާ ގުޅުވައިދީ މައްސަލަތައް ހައްލުކޮށްދިނުން އަދި ހަމަޖެހިފައި އޮންނަ އުސޫލެއްގެ ދަށުން އޮފީސް ހުޅުވާ ބަންދުކުރުން އަދި އެ ރިކޯރޑްސް ބެލެހެއްޓުން
  2. ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުންނަށް ދޫކުރެވިފައިވާ ނަންބަރުގެ ތަރުތީބުން ބަލިމީހުން ބެލުމުގައި ޑޮކްޓަރަށް އެހީތެރިވުމާއި އޯ ޕީ ޑީ ކައުންޓަރަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުން.
  3. ޑޮކްޓަރާއި ބަލިމީހާއާއި ދެމެދު ދެކެވޭ ވާހަކަތައް ދެފަރާތަށްވެސް ރަނގަޅަށް ސާފުވާނޭގޮތަށް ކިޔައިދީ، ބަލިމީހާ އެގްޒެމިން ކުރުމުގައި ޑޮކްޓަރާއި ބަލިމީހާއަށް އެހީތެރިވެދިނުން
  4. މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ ޤަވައިދުތަކާއި އުޞޫލު ތަކާއި، އަދި އާސަންދައިގެ ޤަވައިދު ތަކާއި އެއްގޮތަށް، އާސަންދާއިގެ ޚިދުމަތް އަދި އެހެނިހެން އިންސިއުރެންސްއެއް އޮތްނަމަ އެހިދުމަތެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އޯ.ޕީ. ޑީ ން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  5. މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ ޤަވައިދުތަކާއި އުޞޫލު ތަކާއި އެއްގޮތަށް ހަމަޖެހިފައިވާ އުސޫލުގެމަތިން ސަލާމުގެސެޓްފިކެޓާއި މެޑިކަލް ރިޕޯޓް، މެޑިކޯލީގަލްރިކޯޑް ހަދައި ދޫކުރުން
  6. އެމްބިއުލާންސްތަކުގެ ޚިދުމަތަށް އެދޭފަރާތްތަކަށް އެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށް ދިނުމަށްފަހު ކަނޑައެޅިފައިވާ އަގު ނަގައި އެމްބިއުލާންސް ދަތުރު ތަކުގެ ރިޕޯރޓް އަދި ފައިސާ ހަފްތާއިން ހަފްތާއަށް (އާދިއްތައިން ހޮނިހިރަށް) ތައްޔާރުކޮށް އެޑްމިން އާއި ހަވާލުކުރުން
  7. އެމަރޖެންސީކޮށް އަންނަ ޕޭޝަންޓުންނަށް ފަރުވާ ދިނުމަށްޓަކައި ރަސްމީގަޑީގެ އިތުރުންވެސް މަރުކަޒުހުޅުވައިގެން މަސައްކަތްކުރުން އަދި ބަލިމީހުންނަށް ދެމުންދާ ހިދުމަތް ހުއްޓުމެއްނެތި ފަސޭހަކަމާއިއެކު އެ ހިދުމަތް ފޯރުކޮށްދިނުން އަދި ތަނުގެ މަސްލަހަތު ނުގެއްލޭގޮތަށް ބަލިމީހާއަށް ފަސޭހަ ކަމާއި އަދި އަވަސް ގޮތެއްގައި ފަރުވާދިނުން
  8. ޑިއުޓީގައި ދިމާވާ މައްސަލަތައް ޤަވާއިދުން ނޯޓްކޮށް ހައްލުކުރެވޭ ކަންތައް ހައްލުކުރުމަށްފަހު، ހައްލުނުކުރެވޭ ކަންތައްތައް އެވަގުތެއްގައި ހުންނެވި ވެރިއެއްގެ ލަފާގެ މަތިން ހައްލުކުރަމުން ގެންދިއުން. އަދި މަރުކަޒުން ޚިދުމަތް ހޯދުމަށް އަންނަ ފަތާތްތަކަށް ދިމާވާ ބޮޑެތި މައްސަލަތަކާބެހޭ މަޢުލޫމާތު ވަގުތުން ވަގުތަށް ސުޕަވައިޒަރަށް އެންގުން. އަދި ޑިއުޓީ ނިމޭއިރު ޕެންޑިންގައި ހުންނަ ކަންތައްތައް ޑިއުޓީއާއި ހަވާލުވާ މުވައްޒަފަކަށް ރަގަޅަށް ކިޔައިދީ ހަވާލުކުރުން.
  9. ޕޭޝަންޓް ރަޖިސްޓްރީ އާއި މެޑިކަލްރެކޯޑްސްތައް ބެލެހެއްޓުމާއިއެކު ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  10. އިދާރާއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.
  11. ސިއްޙީ ކުއްލި އިމަޖެންސީތަކާއި ޕެންޑަމިކް އަދި ހާދިސާތަކުގައި އަމަލީ ގޮތުން ބައިވެރިވުން

މަޤާމުގެ ޝަރުތުތައް:

މަޤާމުގެ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ ހާޞިލްކޮށްފައިވުން

މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ދާއިރާތައް

  1. އެކައުންޓިންގ  
  2. އެކައުންޓިންގ އެންޑް ފައިނޭންސް  
  3. އެޑްމިނިސްޓްރޭޝަން  
  4. އޮޑިޓިންގ  
  5. ބިޒްނަސް  
  6. ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  7. ބިޒްނަސް މެނޭޖްމަންޓް  
  8. ކޮމާރސް  
  9. ފައިނޭންސް  
  10. ފައިނޭންޝަލް މެނޭޖްމަންޓް  
  11. ފައިނޭންޝަލް ޕްލޭނިންގ  
  12. ހިޔުމަން ރިސޯސް މެނޭޖްމަންޓް  
  13. އިންޓަރނަލް އޮޑިޓިންގ  
  14. އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް  
  15. އިސްލާމިކް ފައިނޭންސް  
  16. މެނޭޖްމަންޓް  
  17. ނާސިންގ  
  18. ޕަބްލިކް އެޑްމިނިސްޓްރޭޝަން  
  19. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް  
  20. ޕަބްލިކް ފައިނޭންސް  
  21. ޕަބްލިކް މެނޭޖްމަންޓް

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

ޞިއްޙީ ޚިދުމަތްދޭ އިދާރާއެއްގެ އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް.

 

 ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

1- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި މިމަރުކަޒުގެ އިދާރީ އޮފީހުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

 https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4-  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލްކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6-       މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 ގެ 12.4 ވަނަ މާއްދާގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 އޭޕްރީލް 2026 (ބުރާސްފަތި) ދުވަހުގެ ގެ 13:00 ގެ ކުރިން، މިޞިއްޙީމަރުކަޒުގެ އިދާރީ އޮފީހަށެވެ، ނުވަތަ އީ-މެއިލް ކުރައްވާނަމަ [email protected]  އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް:އީ-މެއިލްއިންހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއްފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. ފޮނުވާ އީ-މެއިލްތައް މިޞިއްޙީމަރުކަޒަށް ލިބުމުން ( އީ-މެއިލް ފޮނުވިމެއިލްއަށް މިޞިއްޙީމަރުކަޒަށް މެއިލް ލިބުނު ކަމުގެ މެއިލްއެއް ލިބޭނެއެވެ.)

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާން އޮންނާނީ، 22 އޭޕްރީލް 2026 ން 21 މެއި 2026 އާއި ދެމެދުގެ ތާރީހެއްގައި، ހއ.އުތީމު ސިއްޙީމަރުކަޒު ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހިސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީގަޑީގައި 6501267 / 6501268  އަށެވެ. އީ-މެއިލް ކުރާނީ [email protected]   އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ (www.csc.gov.mv) އުޞޫލުތަކުގެ "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.  

09 އޭޕްރިލް 2026