ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2026/049
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 23:32
ސުންގަޑި: 13 އޭޕްރިލް 2026 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

 

 

FSM-ADV/2026/049

 

 

 

 

މުވައްޒަފުން ބޭނުންވެއްޖެ

 

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

 

 

މަޤާމް:

އެސިސްޓަންޓް  މެނޭޖަރ، ސޭލްސް

ޑިޕާޓްމަންޓް/ސެކްސަން:

ސޭލްސް އެންޑް މާކެޓިންގ

ބޭނުންވާ އަދަދު:

01

މަސައްކަތުގެ ބާވަތް:

-          އެސް.އޯ.އީ އަދި ސަރުކާރުގެ ކަސްޓަމަރ އެކައުންޓްތައް ބެލެހެއްޓުމާއި މޮނިޓަރކޮށް، ފެންވަރު ރަގަޅު ޚިދުމަތް ފޯރުކޮށްދިނުން

-          ކުންފުނީގެ ރީޖަނަލް ފިޔުލް ސްޓޭޝަންސްތައް ބެލެހެއްޓުން

-          ކަލެކްޝަން އަށް އެހީތެރިވުމަށްޓަކައި ހުރިހާ ރިސީވަބަލްސް އަދި އައުޓްސްޓޭންޑިންގ ބެލެންސް މޮނިޓަރކޮށް ބެލެހެއްޓުން

-          އިންވޮއިސް ތައްޔާރުކުރުމާއި، ޔަގީންކުރުމާއި، މޮނިޓަރ ކުރުމުގައި އެހީތެރިވެދީ، ބިލްކުރުމުގެ ޞައްޙަކަމާއި، ވަގުތުން ބިލްކުރުން

-          ޕީއައިޑީ އަދި ޕީއޯޑީ ރިޕޯޓްތައް މޮނިޓަރކޮށް ވަގުތުން ހައްލުކުރުން

-          މެނޭޖްމަންޓް ނިންމުންތައް ނިންމުމަށް އެހީތެރިވުމަށްޓަކައި ސޭލްސް އަދި ރިބޭޓް ރިޕޯޓްތައް ތައްޔާރުކުރުން

-          ޑިޕާޓްމަންޓް މުވައްޒަފުން ބެލެހެއްޓުމާއި، މުވައްޒަފުންގެ މަސައްކަތްތްއް މޮނިޓަރ ކުރުން

-          އެސްއޯޕީތައް ޕްރޮސެސްތައް ތަންފީޒުކުރުން.

-          ދުވަހުން ދުވަހަށް ހިންގާ އޮޕަރޭޝަނަލް ހަރަކާތްތަކާއި ރިޕޯޓްކުރުމަށް ބޭނުންވާ ކަންކަމުގައި މެނޭޖަރަށް އެހީތެރިވުން

ޝަރުތުތައް:

-          މަސައްކަތާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން އަދި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަހު މުސާރަ:

22,500ރ އާއި 21,500ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އެފް.އެސް.އެމް ހެޑް އޮފީސް

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 13 އޭޕްރިލް 2026 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

 08 އޭޕްރިލް 2026

 

08 އޭޕްރިލް 2026