ދިވެހިރާއްޖެ
ހޯލް އިމާރާތާއި، ގުދަން ތަޅާ އަދި ބިންސާފް ކޮއްދޭނެ ފަރާތެއް ހޯދުން
- މިސްކޫލްގައި އަޅަން ހަމަޖެހިފައިވާ މަލްޓިޕާރޕާސް ހޯލް އަދި 8 ކުލާސް ރޫމް އަޅަން ނިންމާފައިވާ ހުރިބިމުގައިވާ އިމާރާތް ތަޅާ ބިން ސާފުކޮށް ދިނުމުގެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026 އެޕްރީލް 8 ން 2026 އެޕްރީލް 13 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/PECUKfgkZ463e2M58
4. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 އެޕްރީލް 14 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
5. މިޕްރޮކިއުމަންޓާ ބެހޭގޮތުން ބާއްވާ ޕްރީ ބިޑް އޮންނާނީ 2026 އެޕްރީލް 15 ވާ ބުދަ ދުވަހުގެ 13:00 ގައިމިސްކޫލުގައެވެ.
6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 އެޕްރީލް 19 ވާ އާދީއްތަ ދުވަހުގެ 13:00 ގައިމިސްކޫލުގައެވެ.
7. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
8. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ރަސްގެތީމު ސްކޫލް
ކޮއިމަލާ މަގު، ރަސްގެތީމު، ދިވެހިރާއްޖެ.
ފޯން: 6580361 އަދި 6580405
އީ-މެއިލް [email protected]