ދިވެހިރާއްޖެ
"އަނގޮޅިތީމު އެވޯޑް ދިނުމުގެ ސިޔާސަތު 2026" ހިމެނިފައިވާ އެވޯޑްތަކަށް އެވޯޑް ސްޕޮންސަރ ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. ތިރީގައި އެވަނީ އެވޯޑް ދެވޭނެ ދާއިރާތަކުގެ ތަފްޞީލެވެ.
|
އެވޯޑް ދާއިރާ |
އެވޯޑް ނަން |
|
ޝަރަފްވެރިކަމުގެ އެވޯޑް |
ފުރަސިތުރަ ފިލާ |
|
ހިތްވަރުދިނުމުގެ އެވޯޑް |
އެކަތަ އެވޯޑް |
|
ކައުންސިލުންދޭ ޚާއްސަ އެވޯޑް |
ހިރިހަމައިދި ފިލާ |
|
މަތީ ދަރަޖަ ހޯދާފަރާތްތަކަށް ކައުންސިލުންދޭ ޚާއްޞަ އެވޯޑް |
އަސަންނަވަރަންނަ ފިލާ |
|
ޚިދުމަތުގެ އެވޯޑް |
ވިނަވި އެވޯޑު |
|
ޙާފިޡުންގެ އެވޯޑް |
މުގުރިކަމުގެ ޝަރަފުވެރި ފިލާ |
މަތީގައި އެވާ އެވޯޑްތަކަށް އިނާމާއި ފައިސާ އަދި ޓްރޮފީ ދޭންބޭނުންވާ ފަރާތްތަކުން 2026 އޭޕްރީލް 22 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، މި އިދާރާއަށް ދުރުވެ ނުވަތަ 4000031 މި އިދާރާގެ ނަންބަރަށް ގުޅުއްވައިގެން ކުރިއަށް ގެންދެވުން އެދެމެވެ. އަދި ހަމަ މިއާއިއެކު މި އެވޯޑް ރަސްމިއްޔާތު ކުލަގަދަކޮށް ފާހަގަކޮށްދިނުމުގެ އިވެންޓް ބޭއްވުމާއި އިވެންޓް ފޯރިގަދަކޮށްދިނުމުގެ ގޮތުން ހިލޭއެހީގެ ދަށުން އެހީތެރިކަމާއި ތަކެތި ދޭން ބޭނުންވާ ފަރާތްތަކަށްވެސް އެފުރުޞަތު ހުޅުވާލެވިފައިވާނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯދެއްވުމަށް، ކައުންސިލް ރައީސް ފައިޞަލް ނަސީމް 9108888 އަދި ކައުންސިލް އެގްޒެކެޓިވް ފާޠިމަތު ޝިމްލާ 7952842 މިނަންބަރަށް ގުޅުއްވައިގެން ކުރިއަށް ގެންދެވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.