ނީލަން
ނަންބަރު: MNU-FA/IUL/2026/02
ޕަބްލިޝްކުރި ތާރީޚް: 08 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި: 12 އޭޕްރިލް 2026 11:00
ފެކަލްޓީ އޮފް އާޓްސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން

މި ފެކަލްޓީގެ އިއުލާން ނަންބަރ MNU-FA/IUL/2026/01 އާއި ހަވާލާދީ ދަންނަވަމެވެ، މި އޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން، ފަޅުމަތީމަގު މަގުގައި ހުންނަ މި އޮފީހުގެ އީ ބްލޮކްގެ 6ވަނަ ފަންގިފިލާ، ފެކަލްޓީ އޮފް އާޓްސް (އެފް.އެޗް.ޓީ.އެސް ބިލްޑިންގ)ގައި 2026 އެޕްރީލް 12ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި އޮންނާނެއެވެ.

 


މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2026 އެޕްރީލް 09 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00އަށް އީ ބްލޮކްގެ 6ވަނަ ފަންގިފިލާގައި ހުންނަ ފެކަލްޓީ އޮފް އާޓްސް (އެފް.އެޗް.ޓީ.އެސް ބިލްޑިންގ)އަށް ހާޒިރުވުން އެދެމެވެ.

 

 ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން، 2026 އެޕްރީލް 12ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00އަށް އީ ބްލޮކްގެ 6ވަނަ ފަންގިފިލާ، ފެކަލްޓީ އޮފް އާޓްސްއަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މި ޔުނިވަރސިޓީގެ ރެވެނިއު ސެކްޝަނަށް ދެއްކުމަށްފަހު، ލަސްވެގެން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ.  މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

08 އޭޕްރިލް 2026