ދިވެހިރާއްޖެ
(IUL)297-PS/297/2026/26ނަންބަރު
އިޢުލާން
ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓް 2026 އަށް ގެންނަ ރެފްރީންނާއި
ޓީމުތަކުގެ ހުރުން ހަމަޖެއްސުން
ވެލިދޫ ކައުންސިލުން އިންތިޒާމްކޮށްގެން 25 އޭޕްރީލް 2026ގައި ފެށުމަށް ހަމަޖެހިފައިވާ "ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓް 2026" ގައި ރެފްރީކަން ކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުންނާއި، ރަށުންބޭރު ޓީމްތަކުގެ ކުޅުންތެރިން ތިބުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މުއްދަތު: މެޗުތައް ކުރިއަށްދާ 13ދުވަހުގެ ތެރެއިން ޓީމުތައް ތިބުމަށް ބޭނުންވާ ދުވަސްތަކަށް
ކޮޓަރީގެ އަދަދު: 4
1 ކޮޓަރީގެ އެޕާޓްމަންޓްގެ އަދަދު: 5
ކޮޓަރި: އިންޓަރނެޓް ލިބޭ، އޭސީ ބޭނުންކުރެވޭ، އެނދު، އަލަމާރި، އިސްތިރި، ގޮދަޑި، އަކަށީގެންވާ ލައިޓް އަދި އެޓޭޗްފާހާނާ ހުރި ކޮޓަރިއަކަށް ވާންވާނެއެވެ.
1 ކޮޓަރީގެ އެޕާޓްމަންޓް: އޭސީ ބޭނުންކުރެވޭ، އެނދު، އަލަމާރި، އިސްތިރި، ގޮދަޑި، އަކަށީގެންވާ ލައިޓް، އައިސްއަލަމާރި އަދި އެޓޭޗްފާހާނާ ހުރި، ކައްކައިގެން ކެވޭނެ އިންތިޒާމް ހުރި އެޕާޓްމަންޓަކަށް ވާންވާނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 އެޕްރީލް 2026 ވާ ބުދަ ދުވަހުގެ 11:30އަށް މިއިދާރާއަށް ވަޑައިގެން އަގު (ކޯޓޭޝަން) ހުށަހެޅުއްވުމަށް ދަންނަވަމެވެ.
|
މާކްސްދޭނެ ދޭނެ ކަންކަން |
ބެންޗްމާކް |
އިންސައްތަ |
|
އަގު |
ބަޔާންކޮށްފައިވާ މިންގަނޑުތަކަށްފެތޭ އެންމެ އަގުހެޔޮ ރޫމް/އެޕާޓްމަންޓް |
80% |
|
ލޮކޭޝަން |
މިބައިގައި އެންމެ ގިނަ މާކްސް ދެވޭނީ ވޮލީކޯޓާއި އެންމެ ކައިރި ތަނަކުން ހުށަހަޅާ ރޫމް/އެޕާޓްމަންޓަކަށެވެ. |
20% |
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.