ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)167-HR/167/2026/10
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 09 އޭޕްރިލް 2026 15:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ރެޖިސްޓަރޑް ނަރސް

                                     ޢުލާން

ތިރީގައި ދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ. މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އިސްކަންދޭވޭނީ  ދިވެހިބޭފުޅުންނަށެވެ.

 

މަޤާމް:

ރެޖިސްޓަރޑް ނަރސް

ޖޮބް ފެމިލީ:

ހެލްތް ސަރވިސް

ރޭންކް:

5

މުސާރަ:

މަހަކު -/11,428 ރުފިޔާ

މަގާމުގެ އެލަވަންސް:

މަހަކު -/5,333 ރުފޔާ

ހާޒިރީ އެލަވަންސް:

 -/144 ރުފިޔާ (ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް)

ބޭނުންވާ އަދަދު:

01

މަސައްކަތް ކުރަންޖެހޭ ތަން:    

މާފުށި ޖަލު، އައްސޭރި ޖަލު، ހުޅުމާލެ ޖަލު

މަޤާމުގެ ޤިންތި:

ދާއިމީ

ފެންވަރު ނުވަތަ ޝަރުތު:              

މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  1. މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮއްފައިވުން.
  2. މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގައި ރަޖިސްޓްރީކޮށް، އަދާހަމަ ޕްރެކްޓިސިންގ ލައިސަންސް ލިބިފައިވުން.
  3. މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް ފަހެއް) އަހަރު ނުވާ މީހަކު ކަމުގައިވުން.
  4. ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

 

  1. ފިރިހެން ޖަލުތަކުގައި ތިބޭ ޤައިދީންނާއި ބަންދުމީހުންނަށް ގަވާއިދުން ބޭސްދިނުން.
  2. ރަސްމީ ޑިއުޓީގެ އިތުރުން ދިމާވާ އެމަރޖަންސީ ހާލަތްތަކުގައި ހާޒިރުވުން.
  3. ނާރސިން ސްޓޭޝަން އަބަދުވެސް އެމެޖެންސީ ޙާލަތަށް ތައްޔާތުކޮއްފައި ބެހެއްޓުން.
  4. އޯޕީޑީގައި ދިމާވާ މެޑިކަލް އެމެޖެންސީތަކުގައި ބަންދުމީހުންނަށް ސިއްޙީ ފަރުވާ ދިނުން.
  5. ފިރިހެން ޖަލުތަކުގައި ބަންދުގައި ތިބޭ ޤައިދީންނާއި ބަންދުމީހުންގެ ތެރެއިން ޙާއްސަ ބަލިތަކަށް ފަރުވާ ހޯދަމުންދާ ޤައިދީންނާއި ބަންދުމީހުންގެ މަންތުލީ މެޑިކޭޝަން މޮނިޓަރ ކުރުމާއި ފޮލޯއަޕް މޮނިޓަރ ކުރުން.
  6. ފިރިހެން ޖަލުތަކަށް އަލަށް ގެންނަ ޤައިދީންނާއި ބަންދުމީހުން ސްކްރީން ކުރުން.
  7. މެޑިކަލް ފައިލްތައް ބެލެހެއްޓުން.

މީހުން ހޮވުމުގައި އިސްކަންދެވޭ ކަންތައްތައް:

  • ތަޢުލީމީ ފެންވަރު.
  • ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމް

(މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ފްރަންޓް އޮފީސް ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ.)

  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީ.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތް ތައްގަނޑުޖެހި ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ސާފު ކޮޕީ.
  • ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
  • އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީ.
  • މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޙިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.

އިތުރު މަޢުލޫމާތު:

  • މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިއުންތަކާ އެކު 2026 އޭޕްރީލް 09 ވާ ބުރާސްފަތި ދުވަހުގެ 15:00 ނިޔަލަށް މި ސަރވިސްގެ

މައި އެމް.ސީ.އެސް ޕޯޓަލް https://my.corrections.gov.mv/ މެދުވެރިކޮށް ފޮނުވާ،ނުވަތަ  [email protected] އަށް އީމެޢިލް ކޮށްދެއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

  • ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %50 (ފަންސާސް އިންސައްތަ) އެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް:

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 15:00 އާ ދެމެދު 3026114 ނަންބަރު ފޯނާ ގުޅުއްވުން ނުވަތަ 9112451 އަށް މެސެޖު ކުރެއްވުން އެދެމެވެ.

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ އެއް ފައިލެއްގެ ގޮތުގައި މާރޖް ކުރެވިފައެވެ.)

 

 

 

02 އޭޕްރިލް 2026