ދިވެހިރާއްޖެ
|
ވަޒީފާގެ ފުރުޞަތު |
ނަމްބަރު (IUL)LHC-758/2026/01 |
|
ތާރީޚް: 02 އެޕްރީލް 2026 |
|
މިސިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހުންނެވެ. |
||
|
މަޤާމް |
ހެލްތް ކެއަރ އެޓެންޑެންޓް |
|
|
މަޤާމްގެ ނަމްބަރ |
||
|
ބޭނުންވާ ޢަދަދު |
2 (ދޭއް) |
|
|
މަޤާމްގެ ގިންތި |
ދާއިމީ |
|
|
މަޤާމްގެ ރޭންކް |
PSR1-STEP1 |
|
|
ޑިވިޝަން/ސެކްޝަން |
އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސާރވިސް |
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން |
ލަންދޫ ސިއްޙީމަރުކަޒު |
|
|
މުސާރަ |
8255.00 ރުފިޔާ |
|
|
މަޤާމްގެ އެލަވަންސް |
4425.00 ރުފިޔާ |
|
|
އެހެނިހެން އެލަވަންސް |
1. އެޓެންޑެންސް އެލަވަންސް ގޮތުގައި ނުކުންނަ ކޮންމެ ދުވަހަކަށް 65.00 ރުފިޔާ. 2. ސިވިލް ސަރވިސް މުވައްޒަފުންނަން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
|
|
މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް |
1. ސިއްހީމަރުކަޒުގެ ކުލިނިކަލް އޭރިއާ އަދި އޮފީސް އިމާރާތާއި، ފަރުނީޗަރ އަދި ހިފާގެންގުޅޭ ތަކެއްޗާއި އިކްއިޕްމަންޓްސް ފަރުވާތެރިކަމާއެކު ވިހާވެސް ސާފުތާހިރުކަމާއެކު ބެލެހެއްޓުން. 2. ސިއްހީމަރުކަޒުގެ ގޯތިތެރެ ކުނިކަހާ ސާފުކުރުން އަދި ސިއްހީމަރިކަޒުގެ އިމާރާތުގެ ފުރާޅު ސާފުކުރުން. 3. ބަލިމީހުންނަށް ޚިދުމަތްދިނުމުގައި ނަރުހުން އެދިއްޖެނަމަ އެހީތެރިވެދިނުން. 4. ސިއްހީމަރުކަޒުގެ ގޯތިތެރޭ ގައި ގަސް އިންދާ ފެންދީ ބެލެހެއްޓުން. 5. ރަށުގެ އެކި އޮފީސް ތަކަށް ހަވާލު ކުރަން ޖެހޭ ސިޓީ ފަދަ ތަކެތި ހަވާލު ކުރުން. 6. ބަލިމީހުންނަށް ބޭނުންވާ ފޮތި، ބާލީސްއުރަ، ބެޑްޝީޓްފަދަ ތަކެތި އަދި މަސައްކަތަށް ބޭނުންކުރާ އާލާތްތައް ރައްކާތެރިކަމާއި ފަރުވާތެރިކަމާއެކު ތަންތަނަށް ގެންގޮސް ގެނައުން. 7. ސިއްހީމަރުކަޒުގައި އުފެދޭ ކުނި ރައްކާތެރިކަމާއިއެކު ނައްތާލުން (އިންސިނަރޭޓް ކުރުން). 8. ހަފްތާއަކު ދެދުވަހު ކުޑަދޮރުތައް ފޮޅާ ސާފުކޮށް އެހެން ދޮރުތައް ހަފްތާއަކު އެއްފަހަރު ދޮވެސާފުކުރުން. އަދި ސިއްހީމަރުކަޒުގެ ތަޅުންގަނޑު މަދުވެގެން ދުވާލަކު ދެފަހަރު ޑިޓޯލް ބޭނުންކޮށްގެން ސާފުކުރުން. 9. ބަލިމީހުން އެޑްމިޓް ކުރުމުގެ ކުރިންނާއި ބަލިމީހުން މަރުކަޒުން ދޫކުރުމަށްފަހު ވޯޑްގެ އެނދާއި ކަބަޑުފަދަ ތަކެތި ނަރުހުން އަންގާ ގޮތެއްގެ މަތިން ސާފްކުރުން. 10. ހަފްތާއަކު ދެދުވަހު ކުޑަދޮރުތައް ފޮޅާ ސާފުކޮށް އެހެން ދޮރުތައް ހަފްތާއަކު އެއްފަހަރު ދޮވެސާފުކުރުން. އަދި ސިއްހީމަރުކަޒުގެ ތަޅުންގަނޑު މަދުވެގެން ދުވާލަކު ދެފަހަރު ޑިޓޯލް ބޭނުންކޮށްގެން ސާފުކުރުން. 11. ބަލިމީހުންނަށް ޚިދުމަތް ދިނުމުގައި ބޭނުންކުރާ އެންމެހައި ތަކެތި ދޮވެ ސާފުކޮށް ބެލެހެއްޓުން ،އޮޓޯކުލޭވް ކުރުމާބެހޭ މަސައްކަތުގައާއި އަދި ނަރުހުން ހޮސްޕިޓަލްގައި ކުރާ ކޮންމެ މަސައްކަތެއްގައިވެސް އެދިއްޖެނަމަ އެހީތެރިވެދިނުން. 12. ބެޑްޝީޓްފަދަ ތަކެތިލާ ކަބަޑުތައް، ޓްރޯލީ އަދި އެނދުފަދަ ތަކެތި ދޮވެ ސާފުކުރުން. 13. ސިއްހީ މަރުކަޒުގައި ބޭނުން ކުރާ ދޮވެ އިސްތިރި ކުރަން ޖެހޭ ތަކެތި ދޮވެ އިސްތިރި ކުރުމާއި، ލޯންޑުރީ ސާފުކޮށް ބެލެހެއްޓުން. 14. ޞިއްހީ އެމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.
|
|
|
މަޤާމްގެ ޝަރުތުތައް |
ނުވަތަ
|
|
|
މަޤާމްގެ މަސައްކަތުގެ ދާއިރާތައް:
ތަޢުލީމީ ރޮނގުތައް
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
|
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. |
||
|
ހުށައަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ދިވެހިރާއްޖޭގެ އިންސްޓިޓިއުޓްތަކާއި ކޮލެޖްތަކުން ދޫކުރަމުން އަންނަ "ކޯސް ކޮމްޕްލީޝަން" ލިޔުން ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ސިޓީ ނަންބަރާއި ތާރީޚު ހިމަނާފައިވާނަމައެވެ.)
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
|
|
|
މަޤާމައް އެދެންވީ ގޮތާއި ސުންގަޑި |
ވަޒީފާއަށް އެދޭ ފޯމް ރަސްމީގަޑީގައި މިސިއްޙީމަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންހޭ ލިޔުންތައް ހުށަހަޅާނީ 09 އެޕްރީލް 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލަންދޫ ސިއްޙީމަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. ( އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާފަރާތްތަކުން އީމެއިލް ސިއްޙީމަރުކަޒަށް ލިބުނުކަން ޔަގީންކުރެއްވުން އެދެމެވެ. ) އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަން ޖެއްސެވުމަށް ދަންނަވަމެވެ.
|
|
|
ޝޯޓްލިސްޓްކުރުން |
މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެކަންޏެވެ. |
|
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު |
މި މަޤާމާށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެކްޓިކަލް/އިމްތިހާން އޮންނާނީ 14 އެޕްރީލް 2026 އާއި 23 އެޕްރީލް 2026 އާއި ދެމެދު ލަންދޫ ސިއްޙީމަރުކަޒުގައެވެ. ވުމާއެކު ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއު އަދި ޕްރެކްޓިކަލް/އިމްތިހާން ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. |
|
|
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓު (ޝީޓް (A2 އާންމުކުރުން |
އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް" ( އޭ 2 ޝީޓް) އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected] އަށް ހުށައަޅަންވާނެއެވެ. |
|
|
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6560599 އެވެ. އީމެއިލްކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެއުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ އުސޫލުތަކުގެ "ރެކްރޫޓްމެންޓް އުޞޫލު" https://www.csc.gov.mv/Policy/Index/51 އިން ލިބެން ހުންނާނެއެވެ.
|
||