ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301/301/2026/27
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 13 އޭޕްރިލް 2026 13:15
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުމަތި މަރާމާތު ކުރުމުގެ މަސައްކަތް

          ރ. އަނގޮޅިތީމު ބަނދަރުމަތި މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

      ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަސައްކަތްތަކުގެ ބީލަން ފޮތް ބައްލަވައިގެން 2026 އެޕްރީލް 13 ހޯމަ ދުވަހުގެ 13:15އަށް މަޢުލޫމާތު ސާފުކުރަން ވަޑައިގެންދެއްވުން އެދެމެވެ. ބީލަން ފޮތް 2026 އެޕްރީލް 07 ވާ އަންގާރަ ދުވަހުން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން 11:30 އާދެމެދު ކައުންސިލް އިދާރާގެ  ކައުންޓަރުން ލިބެން ހުންނާނެއެވެ.  ބީލަން ފޮތެއްގެ  އަގަކީ -/150 (ސަތޭކަ ފަންސާސް) ރުފިޔާއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 އެޕްރީލް 19 ވާ އާދިއްތަ ދުވަހުގެ 13:15 ގައެވެ.

          މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ރ. އަނގޮޅިތީމު ކައުންސިލްގެ އިދާރާގައެވެ. ބަދަލުގައި ހާޒިރުވާ ފަރާތެއްނަމަ ހާޒިރުވާ ފަރާތުގެ އައިޑީ ކާޑާއި، ވެރިފަރާތުގެ ސިޓީއާއި ވެރިފަރާތުގެ އައި.ޑީ.ކާޑު ކޮޕީ  ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފު ކުރުމަށް އަދި އަގު ހުށައެޅުމަށް ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ގެންނަން ވާނެއެވެ. އެކަކަށް ދެފަރާތެއްގެ ނަމުގައި އަންދާސި ހިސާބު ހުށައެއް ނޭޅޭނެއެވެ.

 

މަސައްކަތް ހަވާލުކުރުމުގައި ބެލޭނެ މިންގަނޑުތައް.

  • އަގު %80 (އައްޑިހަ ޕަސަންޓް)
  • މަސައްކަތުގެ މުއްދަތު   (ފަނަރަ ޕަސަންޓް)
  • ތަޖްރިބާ  %5 (ފަސް ޕަސަންޓް)

 

          ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.               

02 އޭޕްރިލް 2026