ދިވެހިރާއްޖެ
ނ. މާފަރު ކައުންސިލް އިދާރާގެ ވަށާފާރު، ވޯކްވޭ، އަދި މީޓިންގ ރޫމުގައްޔާއި، މާފަރު ޕްރީސްކޫލު އިމާރާތުގެ އެތެރެ އަދި ބޭރުގައްޔާއި، ނޫރު މިސްކިތުގެ މުންނާރުގެ އެތެރެއާއި ބޭރު، އަދި ސިޑީގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
ނ. މާފަރު ކައުންސިލް އިދާރާގެ ވަށާފާރު، ވޯކްވޭ، އަދި މީޓިންގ ރޫމުގައްޔާއި، މާފަރު ޕްރީސްކޫލު އިމާރާތުގެ އެތެރެ އަދި ބޭރުގައްޔާއި، ނޫރު މިސްކިތުގެ މުންނާރުގެ އެތެރެއާއި ބޭރު، އަދި މިސްކިތުގެ ސިޑީގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ބޭނުންވާ ކުލަ ފޯރުކޮށްދޭނީ ކައުންސިލުންނެވެ. ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިއުލާނާއި އެޓޭޗްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށް މި މަސައްކަތް ކޮށްދޭނެ އަގު އަދި މުއްދަތު އެނގޭނެގޮތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 07 އޭޕްރީލް 2026 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިމިވާ މެއިލްއަށް ކޯޓޭޝަން ފޮނުވުންއެދެމެވެ.
މެއިލް އެޑްރެސް: [email protected]
މިކަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ފޯން: 6569806 / 9665339
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.