ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2026/043
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 05 އޭޕްރިލް 2026 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

 

FSM-ADV/2026/043

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

މަޤާމް:

ސުޕަވަރިޒަރ، ރީޖަނަލް

ޑިޕާޓްމަންޓް/ސެކްސަން:

ސޭލްސް އެންޑް މާކެޓިންގ

ބޭނުންވާ އަދަދު:

01

މަސައްކަތުގެ ބާވަތް:

-          ސްޓާފުންގެ ޑިއުޓީ ރޯސްޓާރ ތައްޔާރުކޮށް އެއަށް އަމަލު ކުރޭތޯ ބެލުން.

-          ޑެއިލީ ސޭލްސް ރިޕޯރޓް ނިމުމުން، ޗެކް ކޮށް ސޮއި ކުރުމަށް ފަހު ކަނޑައެޅިފައިވާ އުސޫލުން ސިސްޓަމްގައި ޑޮކިއުމެންޓް ކުރުން.

-          SAP އަޅަންޖެހޭ އެއްޗެހި އެޅުން/ ޕްރޮސެސް ކުރުން

-          SAP އެންޓްރީސް އަޅަފައި ހުންނަނީ ރަނގަޅަށްތޯ ބެލުން

-          ދުވަހުން ދުވަހައް ސައިޓްގައި ނިންމަންޖެހޭ އެންމެހައި މަސައްކަތްތައް ނިއްމުން.

-          ދ. ކުޑަހުވަދޫ ފިއުލް ސްޓޭޝަންގައިވެސް މަތީގައި ދެންނެވިފައި ވާ ޒިންމާތައް އަދާކުރުން

-          އެމީހަކާ ހަވާލުވެފައިވާ މަސައްކަތްތަކުގެ އިތުރުން، ޤާނޫނާ ޤަވައިދާ އެއްގޮތްވާ ގޮތުގެމަތިން ވެރިން އަންގާ އިތުރު މަސައްކައްތައް ކުރުން.

ޝަރުތުތައް:

-          ކަސްޓަމާރ ސާރވިސް / ސޭލްސް ނުވަތަ މެއިންޓަނަސް ދާއީރާއަކުން ތަޖުރިބާ ލިބިފައިވުން

-          ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން

-          ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން

މަހު މުސާރަ:

21،000ރ އާއި 25،000ރ އާއި ދެމެދު

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އެފް.އެސް.އެމް ފިއުލް ސްޓޭޝަން ދ. މީދޫ

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 05 އޭޕްރިލް 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. (އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.)

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

 

02 އޭޕްރިލް 2026