ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)IM/1/2026/27
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 13:38
ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
2024/2025 ވަނަ އަހަރުގެ އިނާމުދިނުމުގެ ރަސްމިއްޔާތަށް ބޭނުންވާ ތަކެތި ތައްޔާރުކުރުން

  1. 2024/2025 ވަނަ އަހަރުގެ އިނާމުދިނުމުގެ ޖަލްސާއަށް ބޭނުންވާ ތަކެތި ގަތުމަށް ބޭނުންވާތީ  މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026އޭޕްރީލް 02 އިން 2026 އޭޕްރީލް 6 ގެނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑްރަޖިސްޓްރީފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަމާގުޅޭ މައުލޫމާތުދިނުމުގެ ބައްދަލުގައި ބައިވެރިވެވޭނީ މިމުއްދަތުގައި ބިޑް ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.

"ބިޑްރަޖިސްޓްރީފޯމް" ގެލިންކު:

https://docs.google.com/forms/d/1MjAjhbesPpsfsgGRn7CGSacFmk03DIRI1ijYsaX-7-o/edit 

 މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 އޭޕްރީލް 12 ވަނަދުވަހުގެ 10:00 ގެކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

  1. ބީލަމާގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 07 އޭޕްރީލް 2026 ވަނަ ދުވަހުގެ ހެނދުނު 10.00 ގައި ޢިމާދުއްދީން ސްކޫލްގައެވެ. ބީލަންހުށައެޅޭނީ މައުލޫމާތުދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 އޭޕްރީލް 14 ވަނަދުވަހުގެހެނދުނު 10:00  ގައިޢިމާދުއްދީން ސްކޫލްގައެވެ.
  1. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  2. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޢިމާދުއްދީން ސްކޫލް

ރެހެންދި ހިނގުން، ގަލޮޅު

މާލެ، ދިވެހިރާއްޖެ. 

ފޯން: 3315765

އީ-މެއިލް: [email protected]

ކޮޕީ-މެއިލް:[email protected]  

02 އޭޕްރިލް 2026