ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)399-MS/399/2026/22
ޕަބްލިޝްކުރި ތާރީޚް: 01 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 17:39
ސުންގަޑި:
08 އޭޕްރިލް 2026 14:00
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖައްސާފައިވާ ބިން ހިމެނޭ ސަރަޙައްދު ސާފުކުރުން.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މި ރަށުގައި 200 ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖައްސާފައިވާ ބިން ހިމެނޭ ސަރަޙައްދުގައި ގިނަ ފަރާތްތަކަކުން ދަނޑު ހައްދާފައިވާކަން ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ.
ވީމާ، އެ ސަރަހައްދުގައި ދަނޑު ހައްދާފައިވާ ފަރާތްތަކުން 8 އެޕްރީލް 2026 ގެ ކުރިން ހައްދާފައިވާ ތަކެތި ނެންގެވުން އެދެމެވެ. އަދި ދެންނެވުނު މުއްދަތުގެތެރޭގައި އެ ސަރަހައްދުގައި ހައްދާފައިވާ ތަކެތި ނުނަގައިފިނަމަ، އިތުރު އެންގުމަކާއިނުލައި މަސައްކަތް ކުރިޔަށް ގެންދާނެ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ. އަދި މި މަސައްކަތް ކުރާއިރު ދަނޑުބިމަށް ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިލުން ބަދަލު ނުދޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
01 އޭޕްރިލް 2026