ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2026/12
ޕަބްލިޝްކުރި ތާރީޚް: 01 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި: 09 އޭޕްރިލް 2026 00:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

މިރަށު އިރުމަތީ ކޮޅުން، ވިނަރެސް ހިނގުމުން ސެޑްލެސް ގޭގެ ދެކުނުން، ބޮޑުފާރު ހިނގުމުން ލިލީމާގެ ހަސަން ވަހީދު ގޯތީގެ އުތުރުގައި (ބަނބުކެޔޮވަލޭ ކިޔާ ސަރަހައްދު) ގައި، ރީދުކުލައިގެ ދަވާދުން ނަންބަރ ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިރުއްގަހުގެ ވެރިފަރާތްތަކުން، "އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ މަޢުލޫމާތު ހުށަހަޅާ ފޯމް" ފުރުއްވުމަށްފަހު، 2026 އޭޕްރީލް 09 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިދެންނެވި ފޯމް ތިރީގައިވާ ލިންކުންނާއި މިއިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ. މަތީގައި ދަންނަވާފައިވާ މުއްދަތުގެ ކުރިން ހުށަނާޅުއްވާ ރުއްގަސް އެއީ ރައްޔިތު ރުއްގަހުގެ ގޮތުގައި ބަލާ ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.

      ފޯމްގެ ލިންކް: vaikaradhoo.gov.mv/ruhgahuge-badhalu-form

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 އޭޕްރިލް 2026