ބީލަން
ނަންބަރު: TENDER/695/2026/03
ޕަބްލިޝްކުރި ތާރީޚް: 01 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 12:33
ސުންގަޑި: 09 އޭޕްރިލް 2026 14:00
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މި ހޮސްޕިޓަލުގައި ބޭނުންކުރާ މެޑިކަލް އޮކްސިޖަން، ކާބަންޑައިއޮކްސައިޑް އަދި ނައިޓްރަސް އޮކްސައިޑް ސިލިންޑަރުތަކުގެ ލޮޖިސްޓިކް މަސައްކަތް 1 އަހަރު ދުވަހުގެ މުއްދަތަށްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މި ހޮސްޕިޓަލުގައި ބޭނުންކުރާ މެޑިކަލް އޮކްސިޖަން، ކާބަންޑައިއޮކްސައިޑް އަދި ނައިޓްރަސް އޮކްސައިޑް ސިލިންޑަރުތަކުގެ ލޮޖިސްޓިކް މަސައްކަތް 1 އަހަރު ދުވަހުގެ މުއްދަތަށްކޮށްދޭނެ ފަރާތެއް ހޯދުން

1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް، މިހޮސްޕިޓަލަށް ބޭނުންކުރަމުންދާ މެޑިކަލް އޮކްސިޖަން، ކާބަންޑައިއޮކްސައިޑް އަދި ނައިޓްރަސް-އޮކްސައިޑް ސިލިންޑަރުތަކުގެ ލޮޖިސްޓިކްސް މަސައްކަތްތައް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާގޮތަށް ނަންނޯޓް ކުރުމާއި، އަދި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.

ނަންނޯޓް ކުރެއްވުން

ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް)

ތާރީޚް: 2026 އޭޕްރީލް 01 - 09 ވަނަ ދުވަހުގެ މެންދުރުފަހު، 00:14 އަށް

އީމެއިލް [email protected] :ފޯނު ނަންބަރ: 6583007

ރެޖިސްޓްރޭޝަން ލިންކް: https://forms.gle/vJxhrQJWo2mHVxdy9

އަންދާސީ ހިސާބު ހުށައެޅުއްވުން

ތާރީޚް: 2026 އޭޕްރީލް 13 - ހޯމަ

ގަޑި: މެންދުރުފަހު 13:00 ގައި

ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ސިއްދަ ކޮންފަރެންސް ރޫމް

 

މިއިޢުލާނާއިގުޅޭ މައުލޫމާތު ޝީޓްތަކާއި، އަދި ގުޅުންހުރި އެންމެހާ ލިޔުންތައް، ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާނެވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި، 6583007 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

21 ޝައްވާލް 1447

01 އޭޕްރިލް 2026