ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު (މާލެ)، ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލޭ އައުޓްރީޗް ސެންޓަރ (ފޭސް1)، ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލޭ އައުޓްރީޗް ސެންޓަރ (ފޭސް2) އަދި ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ވިލިމާލޭ އައުޓްރީޗް ސެންޓަރ ގައި 2026 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ފެށުމަށް ހަމަޖެފައިވާ ޙިފުޡު ކުލާސްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގައި ބައެއް ފަރާތްތަކަށް ދަތިތަކެއް ދިމާވެ އެޕްލިކޭޝަން ހުށަހެޅިފައިނުވާތީ، ޙިފްޡް ކްލާސްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރުކުރެވިފައެވެ. މި ކުލާސް ތަކުގައި ބައިވެރިވެވޭނީ ޢުމުރުން 7 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.
|
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު (މާލެ) |
ޖާގަ |
|
ހެނދުނު |
50 |
|
މެންދުރުފަސް / ހަވީރު |
50 |
|
ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލޭ އައުޓްރީޗް ސެންޓަރ (ފޭސް 1) |
ޖާގަ |
|
ހެނދުނު |
30 |
|
މެންދުރުފަސް / ހަވީރު |
20 |
|
ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލޭ އައުޓްރީޗް ސެންޓަރ (ފޭސް 2) |
ޖާގަ |
|
ހެނދުނު |
20 |
|
މެންދުރުފަސް / ހަވީރު |
20 |
|
ކީރީތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ވިލިމާލޭ އައުޓްރީޗް ސެންޓަރ |
ޖާގަ |
|
ހެނދުނު |
20 |
|
މެންދުރުފަސް / ހަވީރު |
20 |
ހިފްޡް ކުލާސްތަކުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން މި މަރުކަޒުގެ އެޕްލިކޭޝަން ޕޯޓަލް https://portal.nchq.gov.mv/ މެދުވެރިކޮށް 4 އޭޕްރީލް 2026 ގެ 23:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
އެޕްލިކޭޝަން ހުށަހެޅުމުގައި އެދިލައްވާ ސެންޓަރ ނެގުމަށް ސަމާލުކަން ދެއްވުން އެދެމެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމުގައި މައުލޫމާތު ނުބައިކޮށް ހުށަހެޅިފައިވާނަމަ ނުވަތަ އެޓޭޗް ކުރެވިފައިވާ ޑޮކުމެންޓް ބަދަލު ކުރަން ބޭނުންވާނަމަ އެޕްލިކޭޝަންގެ މުއްދަތު ހަމަވަންދެން ހުށަހަޅާފައިވާ ފޯމް ޕޯޓަލްގެ ތެރެއިން އެޑިޓް ކުރެވޭނެކަމުގައި ދަންނަވަމެވެ.
އެޕްލިކޭޝަންގެ މުއްދަތު ހަމަވާއިރު ފޯމްގައި މައުލޫމާތުގެ ކުށެއްވާނަމަ ނުވަތަ ހުށަހަޅާފައިވާ ޑޮކިއުމެންޓް ގޯސްކަމުގައިވާނަމަ އިސްލާހު ކުރުމަށް އިތުރު ފުރުސަތު ނުލިބޭނެ ކަމަށާއި އެ އެޕްލިކޭޝަން ރިޖެކްޓް ވާނެ ކަމުގައި ދަންނަވަމެވެ.
ކުލާސްތަކަށް ދަރިވަރުން ނެގޭނީ ޙިފުޡު ކުލާހުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ކުރެވޭ އިމްތިހާނުން ލިބޭ މާކްސްއަށް ބެލުމަށްފަހުގައެވެ.