ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް
ޖާގައިގެ އަދަދު: 15
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް
މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމް ( މޭ 2026 ) ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 1 އޭޕްރީލް 2026 ދުވަހުން ފެށިގެން 25 މޭ 2026 ވާ ދުވަހުގެ 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މި އިންޓޭކްގައި ފުރުސަތު ދެވޭނީ 15 ފަރާތަކަށެވެ.
އިންޓަރންޝިޕް އަށް އެދި ހުށަހެޅުމުގެ ޝަރުތު
1- މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް އޮތުން.
2- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ސައްޙަ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ސެޓްފިކެޓް އޮތުން.
3- ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެއްވެސް ޕޮލިސް ރިކޯޑެއް ނެތުން.
ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
1- މެޑިކަލް ކޮލެޖް/ޔުނިވަރސިޓީ އިން ދޫކޮށްފައިވާ އެމް.ބީ.ބީ.އެސް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓްގެ އެޓެސްޓް ކޮށްފައިވާ ކޮޕީ (މޯލްޑިވްސް ކުއަލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓެޑް ކޮށްފައި)
2- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދޫކޮށްފައިވާ ސައްޙަ "ސެޓްފިކެޓް އޮފް ޕްރޮވިޝަނަލް މެޑިކަލް ރެޖިސްޓްރޭޝަން" ގެ އެޓެސްޓް ކޮށްފައިވާ ކޮޕީ
3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު / ޕާސްޕޯޓް ކޮޕީ.
4- ޕޮލިސް ކްލިއަރެންސް ސެޓްފިކެޓްގެ ކޮޕީ
5- ޕާސްޕޯޓް ސައިޒްގެ 1 ފޮޓޯ
6- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް
ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް ލިބޭނެ ގޮތްތައް:
މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އެޕްލިކޭޝަން ފޯމް ތިރީގައިވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން 14:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
Internship Application form.pdf
ޕްރޮގްރާމަށް އެދި ފޯމު ހުށަހަޅާނެ ގޮތް:
މެޑިކަލް އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މެޑިކަލް އިންޓަރންޝިޕްއަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް މަތީގައި ދެންނެވުނު ހުރިހާ ލިޔެކިޔުންތަކާއި އެކު 25 މޭ 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އެޑްމިން އޮފީހަށް ހުށަހެޅުމަށް އެދެމެވެ. އަދި އީމެއިލްގެ ޒަރިއްޔާއިން ފޮނުވާނަމަ[email protected]
އީމެއިލް މެދުވެރިކޮށް ފޯމު ބަލައިގަނެވޭނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އަށެވެ.
(ނޯޓް: ފުރިހަމަކޮށްފައިވާ ފޯމު އީމެއިލްގެ ޒަރިއްޔާއިން ފޮނުވާއިރު އެޕްލިކޭޝަން ފޯމާއި އެކު ހުރިހާ ލިޔެކިޔުންތަށް އެއް ޕީ.ޑީ.އެފް ފައިލްއެއްގައި ހިމެނުމަށް ދަންނަވަމެވެ.)
އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6885045 ފޯން ނަންބަރަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.