ތަމްރީނު
ނަންބަރު: (IUL)160-AS/1/2026/14
ޕަބްލިޝްކުރި ތާރީޚް: 01 އޭޕްރިލް 2026
ޕަބްލިޝްކުރި ގަޑި: 09:12
ސުންގަޑި:
15 އޭޕްރިލް 2026 13:00
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
"ޢަރަބިބަސް އުނގެނެމާ (ކުރޭޝް ކޯސް)"
މުޅިން އަލަށް ޢަރަބި ބަސް ދަސްކުރަން ފަށާ ފަރާތްތަކަށް އަމާޒުކޮށްގެން "ޢަރަބިބަސް އުނގެނެމާ (ކުރޭޝް ކޯސް)" މި ނަމުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން، 18 އޭޕްރިލް 2026 ވާ ހޮނިހިރު ދުވަހު ހެނދުނު 08:00 ން 12:00 އަށް ޢަރަބި ބަހުގެ ޝައުގުވެރިކަން އުފެއްދުމަށްޓަކައި ޚާއްޞަ ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް އޮންނާނީ ސަލްމާން މިސްކިތުގެ 3 ވަނަ ފަންގިފިލާގައެވެ.
ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ޢުމުރުން 18 އަހަރުންމަތީގެ ބޭފުޅުން 15 އޭޕްރިލް 2026 ގެ 13:00 ގެ ކުރިން https://forms.gle/kC88HzitP6vMKt5g8 ލިންކު މެދުވެރިކޮށް ގޫގުލް ފޯމު ފުރިހަމަކުރެއްވުން އެދެމެވެ. މި ޕްރޮގްރާމްގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ ފޯމް ހުށަހަޅާ ތަރުތީބުން 30 ބޭފުޅުންނެވެ.
01 އޭޕްރިލް 2026