ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301/301/2026/26
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 12:18
ސުންގަޑި: 01 އޭޕްރިލް 2026 20:45
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުރު ރާސްތާ 10 (ރައްޔިތުންގެ ދޯނި ބޭނުންކުރާނެ ކަންކަމާއި ބެހޭގޮތުން ރައްޔިތުންގެ ލަފާހޯދުން)

ދުރު ރާސްތާ 10 (ރައްޔިތުންގެ ދޯނި މަސްވެރިކަމަށްނޫން އެހެންކަންކަމަށް ބޭނުންކުރުމަށް މަސްވެރިކަމާއި ކަނޑުގެ ދިރުންތަކާއި ބެހޭ ވުޒާރާއިން ހުއްދަދެއްވާފައިވާތީ ދޯނި ބޭނުންކުރާނީ ކޮންކޮން ކަންތަކަކާތޯ ބެލުމަށް ރައްޔިތުންގެ ލަފާހޯދުމަށް 01 އެޕްރީލް 2026 (ބުދަ) ދުވަހުގެ ރޭ ރައްޔިތުންނާއި ބައްދަލުކުރުމަށް ވަނީ ހަމަޖައްސާފައެވެ.

ވީމާ، މި ބައްދަލުވުމަށް ދެ ޖިންސުގެ ބޭފުޅުން ވަޑައިގެން ދެއްވުމަށް ދަޢުވަތު އަރުވަމެވެ. މި ބައްދަލުވުމަށް ދެ ޖިންސުގެ ވީހާގިނަ ބޭފުޅުން ވަޑައިގެން ދެއްވުމަކީ މި ކައުންސިލްގެ ވަރަށްބޮޑު އެދުމެއްކަމުގައި ދަންނަވަމެވެ.

  • ބައްދަލުވުން ބާއްވާތަން: މަނާ ބާރުނަ މާލަމް (ކައުންސިލްގެ ޖަލްސާކުރާ މާލަމް)
  • ތާރީޚް: 01 އެޕްރީލް 2026
  • ގަޑި: 20:45 (ރޭގަނޑު 8:45)
31 މާރިޗު 2026