ތަމްރީނު
ނަންބަރު: (IUL)475-Schol/475/2026/38
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 21:58
ސުންގަޑި: 20 އޭޕްރިލް 2026 13:30
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Therapeutic and Rehabilitation Professionals Scholarship Scheme 2026

Therapeutic and Rehabilitation Professionals Scholarship Scheme 2026

ސަރކްގެ ގައުމުތައް، ޗައިނާ، ފިލިޕީންސް ތައިލޭންޑް، މެލޭޝިއާ، އިންޑޮނޭޝިއާ، ވިއެޓްނާމް، ސައުދީ އަރަބިއާ، ގަތަރު، ޖޯޑަރން، ތުރުކިޔޭ، ރަޝިޔާ، ޗެކް ރިޕަބްލިކް، ބެލަރުސް، ސައުތް އެފްރިކާ، އިޖިޕްޓް އަދި ފިޖީ

ޤައުމު:

ބިހޭވިއަރ އެނަލިސިސް / ބިހޭވިއަރ ތެރަޕީ

ސްޕީޗް ތެރަޕީ

އޮކިއުޕޭޝަނަލް ތެރަޕީ

ކައުންސިލިން / ބިހޭވިއަރ ތެރަޕީ

ސައިކޮލޮޖީ

ދާއިރާ

-

30

30

30

30

ރާއްޖޭގައި ބެޗުލަރސް ޑިގްރީ ހެދުމަށް

-

-

-

-

20

ރާއްޖޭގައި މާސްޓަރސް ޑިގްރީ ހެދުމަށް

-

30

-

-

-

ރާއްޖެއިން ބޭރުގައި ބެޗުލަރސް ޑިގްރީ ފުރިހަމަ ކުރުމަށް

20

30

30

-

-

ރާއްޖެއިން ބޭރުގައި މާސްޓަރސް ޑިގްރީ ފުރިހަމަ ކުރުމަށް

ބެޗުލަރސް ޑިގްރީ ( 3 އަހަރާއި 4 އަހަރާ ދެމެދުގެ)

1.  ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުންގ 05 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން.

2. ޖީ.ސީ.އީ އޭ ލެވެލް އިމްތިޙާނުން 03 މާއްދާއިން "ޑީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން.

3. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ ތިރީގައިވާ ފާސްތަކުގެ ތެރެއިން ފާހަކަށެވެ. 

ހ. CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

ށ. IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި

ނ. TOEFL 550 އިން ފެށިގެން މަތި.

ރ. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް.

4. ނުވަތަ ކިޔަވަން އެދޭ ޕްރޮގްރާމްގައި ބައިވެރިވުމަށް އެމް.އެން.ކިޔު.އެފް. ގައި ކަނޑައަޅައިފައިވާ އެންޓްރީ ކްރައިޓީރިއާ ފުރިހަމަވެ، އެމް.ކިޔު.އޭއިން  ދޫކުރާ  ރިކޮގްނިޝަން އޮފް  އިންޓެންޑެޑް ޕްރޮގްރާމްގެ ލިޔުން ލިބިފައިވާ ފަރާތަކަށް ވުން.

މާސްޓަރސް ޑިގްރީ (1 އަހަރާއި 2 އަހަރާ ދެމެދުގެ)

  1. ކޯހާއި ގުޅޭ ދާއިރާއަކުން ބެޗިލަރސް ޑިގްރީ ހާސިލްކޮށްފައިވުން.
  2. ބެޗުލާރސް ޑިގްރީގެ ޝަރުތެއްގެ ގޮތުގައި ކަނޑައެޅިފައިވާފަދަ އިނގިރޭސިފާހެއް އޮތުން.

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

2. އެދޭ ކޯހަކީ މިހާރު ފުރިހަމަ ކޮށްފައިވާ އެންމެ މަތީ ފާހަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި.

  1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭން ބޭރުގެ ސެޓްފިކެޓެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން (އެމް.ކިއު.އޭ) އިން ވެލިޑޭޓްކޮށްފައި).
  2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).
  3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.
  4.  ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން ކެންޑިޑޭޓް މި ކޯހަށާއި އަދި ކޯސް ފުރިހަމަ ކުރުމަށްފަހު މިނިސްޓްރީ އޮފް ހެލްތަށް ޚިދުމަތް ކުރުމަށް ދޫކުރާނެކަމުގެ ލިޔުން.
  5.  މިހާރު ހާސިލް ކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އެނގޭނެ، ކެންޑިޑޭޓްގެ ލިޔުމެއް.

ހުށަހަޅަންޖެހޭ ތަކެތި:

  • މި ސްކޮލަރޝިޕްގެ ދަށުން ފުރުޞަތު ދެވޭނީ ފުލްޓައިމްކޮށް ކިޔެވުމަށެވެ.
  • މި މިނިސްޓްރީގެ ލޯން ސްކީމް ނުވަތަ ފުރަތަމަ ޑިގްރީ ސްކީމްގައި މިހާރު ކިޔަވަމުންދާ ދަރިވަރަކު މި ސްކޮލަޝިޕަށް ހޮވިއްޖެނަމަ ހޮވުނު ހިސާބުން ފެށިގެން ކޯހުގެ ނުނިމިއޮތްބަޔަށް ޚަރަދުކުރާނި މި ސްކޮލަޝިޕްގެ ދަށުންނެވެ. އަދި އެހާތަނަށް ލޯނުގެ ގޮތުގައި ނުވަތަ ފުރަތަމަ ޑިގްރީ ސްކީމްއިން ކޮށްފައިވާ ޚަރަދުވެސް މި ސްކޮލަޝިޕުން ކުރި ޚަރަދުކަމުގައި ހަމަޖެއްސޭނެއެވެ.
  • މިސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ، އެގްޒަމިނޭޝަން ފީ، ސްޓައިޕެންޑް އަދި ރިޓާން އެއަރ ޓިކެޓް  ހަމަޖައްސައިދެވޭނެއެވެ.
  • ކެންޑިޑޭޓުން ކޯހަށް ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން 12 (ބާރަ) މަސް ދުވަހުގެ ތެރޭގައި ޕްލޭސްމަންޓް ހޯދާ، ކިޔެވުން ފަށަން ވާނެއެވެ. އެ މުއްދަތުގައި ކިޔެވުން ނުފަށައިފިނަމަ، މި ސްކޮލަރޝިޕް ފުރުޞަތު ކެންސަލް ވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޕްލޭސްމަންޓް ހޯދަން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާނަމަ ސްކޮލަރޝިޕް އަމިއްލައަށް ދޫކޮށްލީކަމަށް ބެލެވޭނެއެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން ކިޔަވަމުންދާ ދަރިވަރަކު މަޤުބޫލު ސަބަބެއްނެތި، ކޯހުން ނުވަތަ ކޯހުގެ ޔުނިޓަކުން ފެއިލްވެއްޖެ ނަމަ، ފެއިލްވި މޮޑިއުލުގައި އަލުން ބައިވެރިވުމަށް ހިނގާ ޚަރަދު ހަމަޖައްސަންޖެހޭނީ، އެ ދަރިވަރު އަމިއްލައަށެވެ. އަދި މިގޮތުން ޕުރޮގުރާމު ފުރިހަމަކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށް ވުރެ ކޯހުގެ ހުރިހާ މޮޑިއުލެއް ފުރިހަމަކުރަން ނަގާ މުއްދަތު އިތުރުވެއްޖެ ނަމަ، އެ މުއްދަތުގައި ސްޓައިޕެންޑުގެ ގޮތުގައި ކުރަންޖެހޭ ޚަރަދު ވެސް ހަމަޖައްސަންޖެހޭނީ، އެ ދަރިވަރު އަމިއްލަޔަށެވެ.
  • މި މިނިސްޓްރީގެ ލޯން ސްކީމް ނުވަތަ ފުރަތަމަ ޑިގްރީ ސްކީމްގައި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މި އިޢުލާނުގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ ތެރެއިން ޕްރޮގްރާމެއް ފުރިހަމަކުރަމުންދާ ދަރިވަރެންނަމަ މި ސްކޮލަރޝިޕަށް ކުރިމަތިލެވޭނެއެވެ.
  • ބައިލެޓްރަލް ނުވަތަ ދައުލަތުން ހުރިހާ ޚަރަދެއް ހަމަޖެހިފައިވާ ސްކޮލަރޝިޕަކަށް ނޮމިނޭޓް ނުވަތަ ހޮވިފައިވާ ކެންޑިޑޭޓެއްނަމަ މި ސްކޮލަރޝިޕްގެ ދަށުން ފުރުޞަތެއް ނުދެވޭނެއެވެ.
  • ކޯސް ފުރިހަމަ ނުކޮށްފިނަމަ ނުވަތަ ބޮންޑު ފުރިހަމަ ނުކޮށްފިނަމަ، ކޯހަށް ކޮށްފައިވާ ޚަރަދު މި މިނިސްޓްރީއިން ކަނޑައަޅާ ގޮތެއްގެ މަތީން އަނބުރާ ދައްކަންވާނެވެ.
  • މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ.

 

އިތުރު މަޢުލޫމާތު:

ސުންގަޑި:  20 އެޕްރިލް 2026 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅާނީ https://kuri.gov.mv ޕޯޓަލް މެދުވެރިކޮށެވެ.  

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.

30 މާރިޗު 2026