ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
ދިވެހި ސަރުކާރުގެ ފަރާތުން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ އިން އޭ.ޑީ.ބީގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ އެންހޭންސް ކްލައިމެޓް ރިޒިލިއެންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުގެ ބައެއް ސްކޫލުތަކުގައި ސްކޫލް ގާރޑަން (ދަޑުވެރިކުމުގެ) ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ. މި ޕްރޮޖެކްޓަށް ބޭނުންވާ ސިވިލް ވޯރކްސް މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. މި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޓޭޗްކޮށްފައިވާ ޓާރމްސް އޮފް ރެފަރެންސް ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހުށަހަޅަންވާނެއެވެ.
މި މަސައްކަތުގެ ޓާރމްސް އޮފް ރެފަރެންސް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
ކޯޓޭޝަން ހުށަހެޅުން:
ގަޑި: 14:00
ތާރީޙް: 6 އެޕްރީލް 2026 (ހޯމަ)
އީމެއިލް އެޑްރެސް: [email protected]
އިތުރު މަޢުލޫމާތު ސާފުކުރުން
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 2 އެޕްރީލް 2026 ވާ ބުރާސްފަތި ދުވަހު 13:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި އިއުލާނު ނަން ލިޔަންވާނެއެވެ.
އީމެއިލް އެޑްރެސް: [email protected]
ޕްރީބިޑް ބައްދަލުވުން:
ގަޑި: 9:00
ތާރީޙް: 2 އެޕްރީލް 2026
ލިންކް: Pre-Bid Meeting - CIVIL WORKS for SCHOOL GARDEN PROGRAM MALE’ | Meeting-Join | Microsoft Teams
ކޯޓޭޝަން ފޮނުއްވާއިރު ސަބްޖެކްޓުގައި ތިރީގައި ވާ ގޮތަށް ސަބްޖެކްޓުގައި ލިޔަންވާނެއެވެ.
“Civil Works for School Garden Program Male’ under Enhancing Climate Resilience and Food Security Project. The works will be undertaken in three schools in Male’ region– (IUL)88-ECRFS/88/2026/88”