ދިވެހިރާއްޖެ
"އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓުކުރުމުގެ ގައިޑްލައިން" ގެ ދަށުން ޝަކުވާއެއް ހުށަހަޅާނަމަ ހުށަހަޅަންވާނީ، އެ ގައިޑްލައިން ޢާންމުކުރާ ތާރީޚުން ފެށިގެން އިންތިޚާބުގެ ނިޔަލަށް ބްރޯޑްކާސްޓުކުރާ ކޮންޓެންޓާ ގުޅޭ މައްސަލަތަކެވެ. އަދި ޝަކުވާ ހުށަހަޅާނީ، މި ކޮމިޝަނުން ތައްޔާރުކޮށްފައިވާ "އިންތިޚާބީ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިނުގެ ދަށުން ޝަކުވާ ހުށަހަޅާ ފޯމު" ގައި ބަޔާންކުރާ މަޢުލޫމާތުތައް ފުރިހަމަކުރުމަށްފަހުއެވެ.
ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޙަވާލާދީފައިވާ ގައިޑްލައިން ޢާންމުކުރާ ތާރީޚުން ފެށިގެން، 2026 އެޕްރީލު 09 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާއި ހަމައަށެވެ. ޝަކުވާއެއްކަމުގައި ބަލައިގަނެވޭނީ ބަޔާންކުރެވުނު ގައިޑްލައިން ޢާންމުކުރާ ތާރީޚުން ފެށިގެން، ވޯޓު ނަގާދުވަހުގެ ކުރީދުވަހުގެ ހަވީރު 18:00 ގެ ނިޔަލަށް ބްރޯޑްކާސްޓުކުރާ ކޮންޓެންޓާއި ގުޅޭ މައްސަލަތަކެވެ.
ވީމާ، މިކަން އެންމެހައި މީޑިއާތަކާއި، ކަމާ ގުޅުންހުރި ފަރާތްތަކުގެ މަޢުލޫމާތައްޓަކައި އިޢުލާނުކުރީމެވެ.