ދިވެހިރާއްޖެ
މި އިޢުލާނާއެކު ޢާންމުކުރާ "އިންތިޚާބީ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓުކުރުމުގެ ގައިޑްލައިން" އަކީ، ޤާނޫނު ނަންބަރު: 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 30 ވަނަ މާއްދާ "ބްރޯޑްކާސްޓްކުރުން" އަށް ރިޢާޔަތްކޮށް، މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ބެލެނިވެރިކަމުގެ ދަށުގައިވާ އެންމެހައި ޓީވީ އަދި ބްރޯޑްކާސްޓާރުންގެ ޑިޖިޓަލް ޕްލެޓްފޯމްތައް ހިމެނޭހެން، އެ މީޑިއަމްތަކުން އިންތިޚާބުގެ ދުވަސްވަރު ޚަބަރުތައް ކަވަރުކުރުމާއި، ކޮންޓެންޓް ބްރޯޑްކާސްޓުކުރުމުގެ ހަމަތަކާއި އުޞޫލުތައް ބަޔާންކުރާ ގައިޑްލައިނެކެވެ. މި ގައިޑްލައިން ޢާންމުކުރުމާއިއެކު، އިންތިޚާބާއިގުޅިގެން ބްރޯޑްކާސްޓަރުން ކުރިން ޢަމަލުކުރަމުންގެންދިޔަ ގައިޑްލައިން އުވުނީއެވެ.
ވީމާ، މިކަން އެންމެހައި މީޑިއާތަކާއި، ކަމާ ގުޅުންހުރި ފަރާތްތަކުގެ މަޢުލޫމާތައްޓަކައި އިޢުލާނުކުރީމެވެ.