ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)252/252/2026/51
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 09 އޭޕްރިލް 2026 13:30
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް ހއ.ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޖަނާޒާ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

ޢިއުލާން

 

މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށްހއ.ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޖަނާޒާ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

 

                ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، ދީފައިވާ މައުލޫމާތު ކަރުދާހުގައިވާ ގޮތަށް ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ބީލަން ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޕާރޓްނަރޝިޕް ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.

                 ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

ގޫގުލްފޯމްލިންކް:https://forms.gle/dbZfSrYYKiJjPK936

ބީލަން ރަޖިސްޓްރީ ކުރުން

 8އޭޕްރިލް 2026 ވަނަ ދުވަހުގެ 13:30 ގެކުރިން

ޕްރީ- ބިޑް ބައްދަލުވުން

ބޭއްވުމަށް ހަމަޖެހިފައެއް ނުވޭ

ބީލަން ބަލައިގަތުން

 09އޭޕްރިލް 2026 ވަނަ ދުވަހުގެ 13:30 ގެކުރިން

ބީލަންތައް ހުޅުވުން

 09އޭޕްރިލް 2026 ވަނަދުވަހުގެ 13:35ގައި ހއ. ފިއްލަދޫ ކައުންސިލް އިދާރާގައި

 

                ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ: 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

11 ސައްވާލް 1447ހ

 30މާރިޗް 2026މ

30 މާރިޗު 2026