ދިވެހިރާއްޖެ
ހދ. ނެއްލައިދޫ ރަސްމީ ދަނޑުގެ ބޮޑު ގޭޓުގެ ރޭންޕު ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
މިއިދާރާއިންދޭ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް، ހދ. ނެއްލައިދޫ ރަސްމީ ދަނޑުގެ ބޮޑު ގޭޓުގެ ރޭންޕު ހެދުމުގެ މަސައްކަތް، ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ (IUL)263/263/2026/13 އިޢުލާނަށް ހުށަހެޅި ކޯޓޭޝަންތަކުގެ އަގު ބޮޑުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 އެޕްރީލް 02 ވަނަ ދުވަހުގެ 11:00އަށް ހދ. ނެއްލައިދޫ ކައުންސިލް އިދާރާއަށް ދުރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ޕްރޮކިއުމަންޓް ޔުނިޓް
- ނެއްލައިދޫ ކައުންސިލް އިދާރާ / ހދ. ނެއްލައިދޫ
- ފޯން: 6520041
- އީމެއިލް: [email protected]
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.