މަސައްކަތް
ނަންބަރު: IL-KPL/2026/009
ޕަބްލިޝްކުރި ތާރީޚް: 30 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 10:49
ސުންގަޑި: 08 އޭޕްރިލް 2026 13:30
ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ސޯލަރ ޕީވީ ސިސްޓަމެއް ޑިޒައިންކޮށް، ސަޕްލައިކޮށް، އިންސްޓޯލްކޮށް، ޓެސްޓްކޮށް އަދި ކޮމިޝަން ކޮށްދޭނެ ފަރާތެއް ހޯދުން ގުޅޭ

ކުޅުދުއްފުށީ ޕޯޓްގައި ކޮމްޕްލީޓް ސޯލަރ ޕީވީ ސިސްޓަމެއް (Complete Solar PV System) ޑިޒައިންކޮށް، ސަޕްލައިކޮށް، އިންސްޓޯލްކޮށް، ޓެސްޓްކުރުމާއެކު ކޮމިޝަން  ކޮށްދޭނެ ގާބިލު ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ، މި ދާއިރާގެ ފަންނީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުން، ތިރީގައިވާ ތާވަލުގައިވާ ގޮތުގެ މަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ސުންގަޑިއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ތަފްޞީލް

ތާރީޚް

ގަޑި

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

30 މާރިޗު 2026 އިން 08 އޭޕްރިލް 2026 އަށް

13:00 ގެ ނިޔަލަށް

މަޢުލޫމާތު ސާފުކުރުން (ޕްރީބިޑް ބައްދަލުވުން)

ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގެ ކޮންފަރެންސް ރޫމުގައި

07 އޭޕްރިލް 2026

13:30

އަންދާސީ ހިސާބު ހުށަހެޅުން

ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގެ ކޮންފަރެންސް ރޫމުގައި

09 އޭޕްރިލް 2026

13:30

ބިޑްގައި ރަޖްސްޓްރީ ކުރުމަށް:  https://shorturl.at/UwBor

މަޢުލޫމާތު ކަރުދަސް ވިދާޅުވުމަށް:https://shorturl.at/TMjWj

އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގައި ވިޔަފާރީގެ އުޞޫލުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

ބީލަމުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާއި ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުކުރާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީ.މެއިލް ކުރައްވާނީ [email protected] އަށެވެ. ނުވަތަ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:00 އާއި 13:00 އާއި ދެމެދު މި އޮފީހުގެ ނަންބަރ 6528558 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

30 މާރިޗު 2026