ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮފީސް ޖާގައިގާ އިމްތިހާން ރޫމެއެް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް
ތަޢާރަފު: މި އޮތޯރިޓީއިން ޕައިލަޓް އަދި އިންޖިނީއަރިން ދަރިވަރުންނަށް ބާއްވާ އިމްތިހާންތައް ބޭއްވުމަށް އިމްތިހާން ރޫމެއެް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
މަޢުލޫމާތު ސެޝަން:
|
ތާރީޚް: |
02 އޭޕްރިލް 2024 (ބުރާސްފަތި) |
|
ގަޑި: |
ހެނދުނު 10:00 |
|
ތަން: |
މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ކޮންފަރެންސް ރޫމުގައި (ވެލާނާގޭ 2 ވަނަ ފަންގިފިލާ) |
މައުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް (ބިޑް ސަބްމިޝަން):
|
ތާރީޚް: |
08 އޭޕްރިލް 2024 (ބުދަ) |
|
ގަޑި: |
ހެނދުނު 10:00 |
|
ތަން: |
މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ކޮންފަރެންސް ރޫމުގައި (ވެލާނާގޭ 2 ވަނަ ފަންގިފިލާ) |
ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައިވާ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.