ދިވެހިރާއްޖެ
2026 ވަނަ އަހަރު ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ޤަޞްދު ކޮށްފައިވާ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026 14 އޭޕްރިލް 2026 އިން 30 އޭޕްރިލް 2026 އަށް ތާވަލް ކުރެވިފައިވުމާއިއެކު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މުބާރަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ :
|
މުބާރާތުގެ ޓީމް އިވެންޓްގެ އުމުރުފުރާތައް: |
މުބާރާތުގެ އަމިއްލަ އިވެންޓްގެ އުމުރުފުރާތައް: |
|
13 އަހަރުންދަށް، (އަންހެން / ފިރިހެން) |
13 އަހަރުންދަށް، (ސިންގަލްސް) |
|
15 އަހަރުންދަށް، (އަންހެން / ފިރިހެން) |
15 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް) |
|
17 އަހަރުންދަށް، (އަންހެން / ފިރިހެން) |
17 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް) |
|
19 އަހަރުންދަށް، (އަންހެން / ފިރިހެން) |
19 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް) |
ވީމާ މިމުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ އެންމެހައި ސްކޫލް/މަދަރުސާތަކުން ބައިވެރިވެލައްވާ އުމުރުފުރާ ބަޔާންކޮށް މުބާރާތާ ބެހޭ އެންމެހާ ކަންކަމުގައި މުޢާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅުއްވާ އެފަރާތެއްގެ ނަން، މަޤާމް އަދި ގުޅޭނެ ނަމްބަރ އެނގޭނެގޮތަށް 31 މާރިޗު 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން ހުށައެޅުއްވުން އެދެމެވެ.
އަދި، މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވެލައްވާ އެންމެހައި ކުޅުންތެރިންނާއި ސުކޫލް ތަކުން 07 އޭޕްރިލް 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެންޓްރީ ފޯރމް، އައިޑީކާޑު ކޮޕީ މިސޯސިއޭޝަން އަށް ހުށައެޅުމަށް ދެންނެވީމެވެ. އިތުރު މަޢުލުމާތު ބޭނުންފުޅުވެލައްވާނަމަ 7778722 ނަންބަރާއި ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މުބާރާތުގެ ޤަވާއިދު: https://drive.google.com/file/d/1WtrK2bI53Z8nZ1E-zSj2xfGjiakCKsy2/view?usp=sharing
އެންޓްރީ ފޯމް: https://drive.google.com/file/d/1AVf_TdHibaHXWdgK0DbYPop5m39i87x1/view?usp=sharing