މަސައްކަތް
ނަންބަރު: (IUL)391/391/2026/13
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 21:43
ސުންގަޑި: 12 އޭޕްރިލް 2026 13:00
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ތިމަރަފުށި އައުޓްޑޯ ވޮލީ ކޯޓް ތަރައްޤީކުރާނެ ފަރާތެއް ހޯދުން.

އިޢުލާނު

       ތ.ތިމަރަފުށި އައުޓްޑޯ ވޮލީ ކޯޓް ތަރައްޤީކުރާނެ ފަރާތެއް ހޯދުން.

ތ. ތިމަރަފުށީ އައުޓްޑޯ ވޮލީކޯޓްގެ ޓާރފް އެޅުމުގެ މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަމާގުޅޭ އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ.

ރަޖިސްޓްރީކުރުން؛ 

ރަޖިސްޓްރީކުރުން އޮންނާނީ 26 މާރިޗު 2026 ވަނަދުވަހުން ފެށިގެން 05 އޭޕްރީލް 2026 ދުވަހުގެ ނިޔަލަށެވެ. ބިޑްރަޖިސްޓްރީ ފޯމް މިއިދާރާއިން ބަލައިގަންނާނީ ރަސްމީ ދުވަސްތަކުގައި، ކޮންމެ ދުވަހެއްގެ 9:00 ން 14:00 ކަށެވެ. ބިޑް ރަޖިސްޓްރޭޝަން ފޯމް އީމެއިލް ކުރައްވާފަރާތްތަކުން މެއިލް ކުރަންވާނީ [email protected] އަށެވެ.

ޕްރީބިޑް މީޓިން؛ 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 12 އޭޕްރީލް 2026 ވާ އާދިއްތަ ދުވަހުގެ 12:30 ގެ ކުރިން މެއިލް ކުރެއްވުން އެދެމެވެ.  އީމެއިލް އެޑްރެހަކީ [email protected] އެވެ. މި ބީލަމުގެ މަޢުލޫމާތު ދިނުމުގެ ސެޝަންއޮންނާނީ 06 އޭޕްރީލް 2026 ވާ ހޯމަ ދުވަހުގެ 13:00 ގައި ތިމަރަފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އޮންލައިންކޮށް ބައިވެރިވެލައްވާ ފަރާތްތަކަށް މީޓިންގ ލިންކް ހިއްސާކުރެވޭނެވެ.

ބިޑް ހުށަހެޅުން؛ 

ބިޑްހުށަހެޅުމުގެ ސުންގަޑިއަކީ 12 އޭޕްރީލް 2026 ވާ އާދިއްތަ 12:59 ގެ ކުރިން

ބީލަން ކެނޑުން؛ 

ބީލަން ކެނޑުމުގެ ސުންގަޑިއަކީ 12 އޭޕްރީލް 2026 ވާ އާދިއްތަ 13:00 ގެ ކުރިން

އެހެނިހެން ކަންކަން؛ 

  •  ބިޑް ހުށަހެޅުމާއި ބިޑް ކެނޑުން އޮންނާނީ ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. 
  • މަޢުލޫމާތު ސެޝަންގައި ބައިވެރިނުވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ބިޑް ހުށަހަޅާ ފަރާތްތަކުގެ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ. 
  • ބިޑްހުށަހެޅުމުގެ ކުރިން ބިޑާއިގުޅޭ މަޢުލޫމާތު ފުރިހަމައަށް ސާފުކުރުމަކީ ބިޑްހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
  • ބިޑް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ނުވަތަ އީމެއިލް މެދުވެރިކޮށް މެއިލް ކުރާނީ [email protected]
  • ވަކި ކަމެއް ކުރުމަށް ބުނެފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ، ޖެހިގެން އަންނަ ރަސްމީދުވަހަށް އެދުވަސް ހަމަޖެއްސޭނެއެވެ.

 

26 މާރިޗު 2026