ކުއްޔަށް ދިނުން
ނަންބަރު: (IUL)419/419/2026/34
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 09 އޭޕްރިލް 2026 10:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ އިން ފަތުރުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތަކަށް ބިން ކުއްޔަށްދިނުން

ގދ.ގައްދޫ އިން ފަތުރުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތަކަށް ބިން ކުއްޔަށްދިނުން

                ކައުންސިލްގެ 4 ވަނަ ދައުރުގެ 86 ވަނަ ޢާންމު ބައްދަލުވުމުން ފާސްކޮށްފައިވާ ބިންތައް ކުއްޔަށް ދިނުމުގެ ތާވަލުގެ ދަށުން ގދ.ގައްދޫ  އޮއިސިސް ގެ ހުޅަނގަށް، ވަތަބަނޑޭރި މަގާއި ރިވެޓްމެންޓް އާއި ދެމެދު އޮތް ހުސްބިމުން 5029  )ފަސްހާސް ނަވާވީސް (  އަކަފޫޓްގެ ބިން ފަތުރުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތައް ހިންގުމަށް 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ފުރުސަތު  ހުޅުވާލުމަށް ކުރެވޭ އިޢުލާނެކެވެ.

                     ވީމާ، މިބިމުގައި ފަތުރުވެރިކަމާއި ގުޅުން ހުރި އެހެނިހެން ކަންތައްތައް ހިންގުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 09 އެޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

 

 

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

26 މާރިޗު 2026