ދިވެހިރާއްޖެ
ނަންބަރު: 258/258/2026/15(IUL)
އިޢުލާން
އެފް.އޭ.އެމް އިން ބާއްވާ ރީޖަނަލް ލީގު ކޮލިފަޔަރޒްގެ ޒޯން ބުރަށް "ޓީމް ހަނިމާދޫ" އަށް ކޯޗްކަން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
އެފް.އޭ.އެމް އިން ބާއްވާ ރީޖަނަލް ލީގު ކޮލިފަޔަރޒް ޒޯން ބުރަށް "ޓީމް ހަނިމާދޫ" އަށް ކޯޗްކަން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން ހަނިމާދޫ ކައުންސިލްއަށް އީމެއިލްގެ [email protected])) ޒަރިއްޔާއިން ކޯޓޭޝަން ފޮނުއްވުން އެދެމެވެ. ކޯޓޭޝަން ފޮނުވުމުގެ އެންމެ ފަހުގެ ތާރީޙަކީ 29 މާރޗް 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ނެވެ. ކޯޓޭޝަން ހުށައަޅާއިރު ތިރީގައިވާ ކަންކަމަށް ސަމާލުކަންދެއްވުން އެދެމެވެ.
- މުބާރާތް ފެށުމަށް މިހާރު އެފް.އޭ.އެމް އިން ކަނޑައަޅާފައިވާ ތާރީޙަކީ 2026 އޭޕްރިލް 07 ވަނަ ދުވަހެވެ.
- މުބާރާތުގައި ޖުމްލަ ބައިވެރިވާ ޓީމްގެ އަދަދަކީ 04 ޓީމެވެ.
- ކޯޓޭޝަން ހުށައެޅޭނި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑްގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށެވެ.
- ކޯޓޭޝަން ހުށައަޅާއިރު ކޯޗުކަންކޮށްދޭ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއާއި ދާއިރާއަށް ލިބިފައިވާ ކަމާގުޅޭ ސެޓްފިކެޓްތައް ހުށައެޅުން އެދެމެވެ.
- ކޯޓޭޝަން ހުށައަޅާއިރު މުޅި މުބާރާތައް އަގު ހުށައެޅުން އެދެމެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ފޯން: 5996556
އީމެއިލް: [email protected]
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
7 ޝައްވާލް 1447
26 މާރޗް 2026