ޢާންމު މަޢުލޫމާތު
ނަންބަރު: 2026/03
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 13:24
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ގޮއިދޫގައި ޢިމާރާތްކުރެވޭނެ އެންމެ އުސްމިން ކަނޑައެޅުމުގެ ޤަރާރު

މިނިސްޓަރ އޮފް ޕްލޭނިންގް އެންޑް އިންފްރާސްޓރަކްޗަރ ގެ ނަމްބަރ2019/R-1002  (ޕްލޭނިންގ ޤަވާޢިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި ޢިމާރާތްކުރަންވީ ގޮތުގެ ޤަވާޢިދު) ޤަވާޢިދާއި ގުޅިގެން މިރަށުގައި ޢިމާރާތްކުރެވޭނެ އެންމެ އުސްމިން ތިރީގައިވާ ގޮތަށް ކަނޑައަޅާއިފީމެވެ.

1 – ބީޗްސަރަޙައްދު:                  ގްރައުންޑް ލެވެލްއިން ފެށިގެން ފުރާޅުގެ އެންމެ އުސްހިސާބަށް 42 ފޫޓު

2- ރަށުގެ ޢާންމުންދިރިއުޅޭ ސަރަޙައްދު :      ގްރައުންޑް ލެވެލްއިން ފެށިގެން ރޫފްބީމްގެ މަތީ ކައިރިއަށް  62 ފޫޓު

     ނޯޓު : ޢިމާރާތުގެ ފުރާޅުގެ ބަދަލުގައި ޝީޓް ނުވަތަ ޑެކް އަޅާނަމަ ސިޑިގޮޅި 9 ފޫޓަށްވުރެ އުސްނުވާނެ ގޮތަށް ޢިމާރާތް ކުރުން މިމިންގަނޑުން އިސްތިސްނާ ވާނެއެވެ.

26 މާރިޗު 2026